
މޭޔަރ ޢާޒިމް ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރައްވައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރައްވައިފި
# މާލެ ސިޓީ ކައުންސިލް-
މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް، ޓެކްސީ ޑްރައިވާރސް އެސޯސިއޭޝަންގެ ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައި، މާލޭގެ މަގުތައް ބޭނުންކުރުމުގައި ޓެކްސީ ޑްރައިވަރުންނަށް ދިމާވާ ދަތިތަކާއި، އެ ދަތިތަކަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، މާލޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމްގެ މުހިންމު ބައެއް ކަމަށްވާ، ޓެކްސީގެ ޚިދުމަތް ދިނުމުގައި ޑްރައިވަރުންނަށް ކުރިމަތިވާ މައްސަލަތައް ދެނެގަނެ، ދެ ފަރާތުން ގުޅިގެން، ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމެވެ.
މި ބައްދަލުވުމުގައި، މަގުތަކުގައި ޕާކުކުރުމަށް، ޓެކްސީ ޑްރައިވަރުންނަށް ދިމާވާ ދަތިތަކާއި، ޓްރެފިކް ބާރުބޮޑުވުމުގެ ސަބަބުން ދަތުރުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.
ޓެކްސީ ޑްރައިވާރސް އެސޯސިއޭޝަންގެ ބޭފުޅުން ވަނީ، ޓެކްސީގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށާއި، ޑްރައިވަރުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ޓަކައި ކުރެވިދާނެ ބައެއް ކަންކަން ހުށަހަޅުއްވާފައެވެ.
މޭޔަރ ޢާޒިމް ވަނީ، މި ހުށަހެޅުންތަކަށް ސަމާލުކަން ދެއްވައި، މައްސަލަތައް ހައްލުކުރުމަށް ސިޓީ ކައުންސިލުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި، މި ފަދަ ބައްދަލުވުންތައް އިތުރަށް ބާއްވައި، ޓެކްސީ ދަތުރުފަތުރުގެ ދާއިރާގެ ގޮންޖެހުންތައް ހައްލު ކުރުމަށް، އެސޯސިއޭޝަނާއެކު ގާތުން މަސައްކަތް ކުރައްވާނެކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
ގުޅުންހުރި

މާލެސިޓީގެ ހުރިހާ ބިމެއްގެ މަޢުލޫމާތު ހިމެނޭ " ލޭންޑް އިންފޮމޭޝަން ސިސްޓަމް" ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ޢާޒިމް

ފާއިތުވި އަހަރުގެ ތެރޭ ސިޓީ ކައުންސިލުން 31،131 މައްސަލައަށް ޖަވާބުދާރީވެއްޖެ

ޒަމާންތަކަކަށްފަހު ގަލޮޅަށް ފިނި މައިޒާނެއް: ގަލޮޅު ސިޓީ ޕާކު ރަސްމީކޮށް ހުޅުވައިފި





