logoEN
Sto top
ހުޅުދޫއާއި މީދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

ހުޅުދޫއާއި މީދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

އަހުމަދު ޝުރާއު

logo

11/5/2025, 9:50:19 AM

# އައްޑޫ ސިޓީ

-

އައްުޑު އަތޮޅު ހުޅުދޫއާއި މީދޫގައި އައިޑީކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ރަސްމީކޮށް ފަށައިިފި އެވެ.

Wamco

ސަރުކާރުން މި ދެ ހިދުމަތް އެރަށުގައި ރަސްމީކޮށް ފަށާފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު އައްޑު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހުޅުދޫއާއި މީދޫއަށް ވަޑައިގެން އެދެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.

އެގޮތުން ހުޅުދޫގައި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލަރު އަހުމަދު ފަސީހު އެވެ. އަދި ފޭދުގައި އައިޑީކާޑުގެ ހިދުމަތާއި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީޒް ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރު އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށިގެން ދިޔަ ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް މިވަނީ ދޭން ފަށާފައެވެ. އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި މި ޚިދުމަތް ފަށަމުން އަންނައިރު މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕާސްޕޯޓާއި އައިޑީކާޑް ހެއްދުމުގެ ޚިދުމަތް ދެމުން އަންނައިރު މެލޭޝިއާގައި ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ. މިއީ ބޭރު ޤައުމެއްގައި މި ޚިދުމަތް ފެށި ފުރަތަމަ ޤައުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC