
-
މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ގިނަ ދުވަސްވީ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރަށްދެބައިހިނގުމުގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ކުރިމަތިން، އޮންނަ ސަރަހައްދު މަރާމާތުކޮށް ނިންމާލައިފިއެވެ.

މި މަސައްކަތުގެ ސަބަބުން މި ސަރަހައްދުގައި ފެންބޮޑުވާ މައްސަލަ ހައްލުވެ، ރައްޔިތުންނަށް ދިމާވަމުންދިޔަ ދަތިތަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވުމަކީ ދިގު މުއްދަތެއްގައި ރައްޔިތުންނަށް އެތަކެއް ދަތިތަކެއް ކުރިމަތި ވަމުންދިޔަ މައްސަލައެކެވެ.
މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ރަށްދެބައިހިނގުން މަގުގެ، ތަބުރޭޒީމަގާއި ފަޅުމަތީ ހިނގުމާއި ދޭތެރެ (އެމް.އެން.ޔޫ ކުރިމަތި) މަގަކީ ޔުނިވަރސިޓީ ދަރިވަރުންނާއި ގިނަ އަދަދަކަށް ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް ވަރަށް މުހިންމު މަގެއް ކަމަށެވެ. އެހެންކަމުން، މި މަގު މަރާމާތުކޮށް ނިމުމުން ގިނަ ފަރާތްތަކަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މޭޔަރ ފާހަގަކުރެއްވިއެވެ.
މޭޔަރ ޢާޒިމް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ޝަކުވާތައް ގުޅިފައިހުންނަނީ މާލޭގައި ދިރިއުޅުމުގައި ރައްޔިތުންނާ ކުރިމަތިވާ ދަތިތަކާ ކަމަށެވެ. މަގުމަތީގެ ކާނުތައް ސާފު ނުކޮށްހުރުމުން، މާލޭގެ މަގުތަކުގައި ފެންބޮޑުވުން އެއީ ވަރަށް ޚައްޞާސް މައްސަލައެއް ކަމަށް މޭޔަރ ޢާޒިމް އަބަދުވެސް ފާހަގަ ކުރައްވައެވެ.
ގުޅުންހުރި

މާލެސިޓީގެ ހުރިހާ ބިމެއްގެ މަޢުލޫމާތު ހިމެނޭ " ލޭންޑް އިންފޮމޭޝަން ސިސްޓަމް" ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ޢާޒިމް

ފާއިތުވި އަހަރުގެ ތެރޭ ސިޓީ ކައުންސިލުން 31،131 މައްސަލައަށް ޖަވާބުދާރީވެއްޖެ

ޒަމާންތަކަކަށްފަހު ގަލޮޅަށް ފިނި މައިޒާނެއް: ގަލޮޅު ސިޓީ ޕާކު ރަސްމީކޮށް ހުޅުވައިފި





