
-
ނޮވެންބަރު 3ގެ ހަނދާނީ ޚާއްޞަ އައްޑަނަ، ޝަހީދުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.

ޝަހީދުންގެ އާއިލާތަކަށް މި ޚާއްޞަ އައްޑަނަ އެރުވީ މިއަހަރުގެ ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ޖަލްސާގައި އެވެ.
ނޮވެންބަރު 3ގެ ހަނދާނީ އައްޑަނައަކީ އެ ދުވަހުގެ ޙަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ދީފައިވާ އައްޑަނައެކެވެ.
ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގައި 19 ބޭފުޅަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ޢާންމުންނާއި ސިފައިންގެ 8 ބޭކަލެކެވެ.
ޝަހީދުވި ބޭކަލުން:
- ޝަހީދު ކޯަޕރަލް ޙުސައިން އާދަމް (ސނ: 856) ހދ. ކުޅުދުއްފުށި / މާވާގެ (20 އަހަރު)
 - ޝަހީދު ކޯޕަރަލް މުޙައްމަދު އިބްރާހިމް (ސނ: 606) ހއ. މުޅަދޫ / އަނބުގަސްދޮށުގެ (31 އަހަރު)
 - ޝަހީދު ސާޖަންޓް އާދަމް ނަޞީރު (ސނ: 635) ހ. ޝޭޑީވިލާ (28 އަހަރު)
 - ޝަހީދު ލެފްޓިނެންޓް މޫސާ އަޙްމަދު (ކުޑަނެވި ތުއްތު މަނިކު) (ސނ: 243) މއ. ދާރީގެ (51 އަހަރު)
 - ޝަހީދު ކޯޕަރަލް ޢަބްދުﷲ ޒުހައިރު (ސނ: 830) ގދ. ތިނަދޫ ޝަރީފާ މަންޒިލް (33 އަހަރު)
 - ޝަހީދު ސަރޖަންޓް ކުޑައާދަމް ކުޑަތުއްތު (ސނ: 120) ހ. އަންހީޓް (49 އަހަރު)
 - ޝަހީދު ކޯޕަރަލް މުޙައްމަދު ޙަސަން (ސނ: 821) ތ. ދިޔަމިގިލި / ހ. ރަބީޢުގެ (28 އަހަރު)
 - ޝަހީދު ކޯޕަރަލް ޙުސައިން މުޙައްމަދު (ސނ: 264) ބ. ތުޅާދޫ / މަބުސްތާނުގެ (38 އަހަރު)
 - ޝަހީދު އަލްމަރުހޫމް އިސްމާޢީލް ޙަލީމް މ. ރޯޒްބުޝް (35 އަހަރު)
 - ޝަހީދު އަލްމަރުހޫމް އިބްރާހީމް ޙަމީޒު މ.ބީޗްސައިޑް / މާލެ (22 އަހަރު)
 - ޝަހީދު އަލްމަރުޙޫމް ޢުމަރު އަޙްމަދު ޗާންދަނީއާގެ / ހއ. ދިއްދޫ (45 އަހަރު)
 - ޝަހީދު އަލްމަރުހޫމް އަޙްމަދު ލަބީބު އޯކިޑްމާގެ / ސ.ހިތަދޫ (52 އަހަރު)
 - ޝަހީދު އަލްމަރުހޫމް އިބްރާހީމް ޙުސައިން ސޯސަން / ހއ.ބާރަށް (މއ. އަންނާރުގެ) (52 އަހަރު)
 - ޝަހީދު އަލްމަރުހޫމް ޢަބްދުއްސައްތާރު އާދަމް ހ. މެރިހާނާ (49 އަހަރު)
 - ޝަހީދު އަލްމަރުހޫމް ޢަބްދުއްރަޙްމާން އާދަމް މ.ޑްރީމީލައިޓް / މާލެ (53 އަހަރު)
 - ޝަހީދު އަލްމަރުހޫމް އަޙްމަދު ރަޝީދު ހ.ވެލްގްރޯ / މާލެ (24 އަހަރު)
 - ޝަހީދު އަލްމަރުހޫމް ޙަސަން ޒަރީރު އަލިމަސްގެ / ގއ.ވިލިނގިލި (20 އަހަރު)
 - ޝަހީދު އަލްމަރުހޫމް ޖަވާދު ޢުމަރު ކާމިނީގެ / ތ.ދިޔަމިގިލި (16 އަހަރު)
 - ޝަހީދު އަލްމަރުހޫމް ޙުސައިން ޢަބްދުއްރަޙްމާން (ދޮންމަނިކު) ތަނބުރުމާގެ / ކ.ދިއްފުށި (70 އަހަރު)
 
ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ސިފައިން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ.







