
ހިޔާ ޓަވަރު 8 އިން މީހަކު ވެއްޓިއްޖެ ނިޔާވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ، ނޮވެމްބަރ 1ވަނަ ދުވަހު ހެނދުނު 8:32 ހާއިރު ހިޔާޓަވަރު 8 އިން މީހަކު ވެއްޓިފައިވާ ކަމުގެ މައޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ވެއްޓިފައިވަނީ ހިޔާ 8ވަނަ ޓަވަރުގެ 14ވަނަ ފްލޯ އިންނެވެ.
އެމީހާ މިހާރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވުދާޅުވި އެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.





