logoEN
WAMCO TOP 1
ހިޔާ ޓަވަރަކުން ވެއްޓުނު މީހަކަށް ފަރުވާދެނީ

ހިޔާ ޓަވަރަކުން ވެއްޓުނު މީހަކަށް ފަރުވާދެނީ

އަހުމަދު ޝުރާއު

logo

1/12/2025, 8:55:22 AM

# ހިޔާ ޓަވަރު

--

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރަކުން މީހަކު ވެއްޓިއްޖެ އެވެ.

THE TRAVELLER AD

ފުލުހުން މިއަދު ބުނީ ހިޔާ ޓަވަރު 3 ގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓިފައިވާ މައްސަަލައެއް މިއަދު އެއިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި ވެއްޓި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާކަމަށްވެސް ފުލުހުން ހާމަކުރެއެވެ. ނަމަވެސް ވެއްޓުނީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އަދި މިހާތަނަށް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިފަދަ ހާދިސާއެއް މިދިޔަ މަހުވެސް ވަނީ ހިނގާފައި އެވެ. އެގޮތުން ހިޔާ ޓަވަރ 5 ގެ 13 ވަނަ ފަންގިފިލާއިން 16 އަހަރުގެ ކުއްޖަކު ވެއްޓި މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ މަރުވެފައި އެވެ.

ކޮމެންޓް
ފަހުގެ
HDC