logoEN
WAMCO TOP 1
ހިޔާ ޓަވަރު 9 ގެ ކޮންމެ ފްލެޓަކުން މާދަމާ 30 މިނެޓަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

ހިޔާ ޓަވަރު 9 ގެ ކޮންމެ ފްލެޓަކުން މާދަމާ 30 މިނެޓަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

އަހުމަދު ޝުރާއު

logo

4/21/2025, 2:53:57 PM

# ހިޔާ ޓަވަރު

-

ހިޔާ ޓަވަރު ނުވައެއްގެ ކޮންމެ އެޕާޓްމަންޓަކުން މާދަމާ 30 މިނިޓަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

THE TRAVELLER AD

ސްޓެލްކޯއިން މިއަދު ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ވަނީ ތާވަލު ކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެކިދުވަސްތަކަށް ޓަވަރުތައް ބަހާލައިގެން މި މަސައްކަތް ކުުރުމަށް ހަމަޖެހިފައިވާއިރު، ހިޔާގެ ނުވަ ވަނަ ޓަވަރުގައި މި މަސައްކަތް ކުރުމަށްޓަކައި 22 އެޕްރީލް 2025 ވާ އަންގާރަ ދުވަހު (މާދަމާ)ގެ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު، އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައި އެވެ.

އަދި މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެކުންފުނިން ވަނީ މާފަށް އެދިފައި އެވެ.

ސްޓެލްކޯއިން ދަނީ އެކުންފުނިން ދެމުންދާ ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޕީކް ސީޒަނާއި ދިމާކޮށް ސްޓެލްކޯއިން ހުޅުމާލޭގައި އިތުރު އިންޖީނުތަކެއްވެސް ވަނީ އޮޕަރޭޝަނަށް ތައްޔާރުކޮށްފައި އެވެ.

ކޮމެންޓް
ފަހުގެ
HDC