
ފުވައްމުލަކުން ފެނުގެ ހިދުމަތް މެދުކަނޑާލާފައިވަނީ ފެން ނެްޓްވޯކުގައި ލޮނުގެ އަސަރު ހުރެގެން، މައްސަލަ ހައްލުކޮށް ދަންވަރަށް ހިދުމަތް އަލުން ދޭން ފެށޭނެ - ފެނަކަ
# ފެނަކަ ކޯޕަރޭޝަން-
ފުވައްމުލައް ސިޓީއިން ފެނުގެ ހިދުމަތް މެދުކަނޑާލާފައިވަނީ ފެން ނެްޓްވޯކުގައި ލޮނުގެ އަސަރު ހުރެގެން ކަމަށާއި އެ މައްސަލަ ހައްލުކޮށް ދަންވަރަށް ހިދުމަތް އަލުން ދޭން ފެށޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެ އެވެ.

ފެނަކައިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ފުވައްމުލަކުގައި ފެނުގެ ހިދުމަތް ދެމުންގެންދާ ދެ ފެންޕްލާންޓްގެ ތެރެއިން އެއް ޕްލާންޓްގެ ކަނެކްޝަން މައްސަލައެއް ދިމާވެ އެކަން ކުންފުނީގެ މުވައްޒަފުންގެ ސަމާލުކަމަށް އައުމާއިއެކު އެ މައްސަލަ ދެނެގަތުމަށް ކުރެވުނު މަސައްކަތުން އެ ޕްލާންޓުގެ ފެނުގެ ނެޓްވޯކްގައި ލޮނުގެ އަސަރު ހުރިކަން ޓެކްނިކަލް ޓީމަށް ފާހަގަކުރެވުނު ކަމަށެވެ.
މިއާއިއެކު އެމައްސަލަ ހައްލުކުރުމަށްޓަކައި އެ ސިޓީގެ ފެނުގެ ހިދުމަތް މިވަގުތު ވަގުތީގޮތުން މެދުކަނޑާލެވިފައިވާކަމަށް ބަޔާނުގައި ވިދާޅުވިއެވެ.
ފެނަކައިން އިތުރަށް ވިދާޅުވީ އެމައްސަލަ ހައްލުކުރުމަށްޓަކައި ވޯޓާ ނެްޓްވޯކް ފުލަޝްކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށާއި މި މަސައްކަތް ނިމި މިރޭގެ ދަންވަރުގެ ވަގުތެއްގައި މުޅި ސިޓީއަށް ފެނުގެ ހިދުމަތް ފޯރުކޮށްދެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދުމާއިއެކު ފެނަކައިން ވިދާޅުވީ އެ ކުންފުނީން ދެމުން އަންނަ ހިދުމަތް މެދުކެނޑުމެއްނެތި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ގުޅުންހުރި

ފުވައްމުލަކުން ފެނުގެ ހިދުމަތް މެދުކަނޑާލާފައިވަނީ ފެން ނެްޓްވޯކުގައި ލޮނުގެ އަސަރު ހުރެގެން، މައްސަލަ ހައްލުކޮށް ދަންވަރަށް ހިދުމަތް އަލުން ދޭން ފެށޭނެ - ފެނަކަ

ހިންނަވަރު ފެނަކަ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފި

އޮޅުވެލިފުށީގައި ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޤޮތްޕެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި





