
އެސްޓީއޯއަށް މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ޖުމުލަ އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ!
# އެސްޓީއޯ-
އެސްޓީއޯގެ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި 3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

އެސްޓީއޯއިން މިއަދު ވަނީ އެކުންފުނީގެ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ހިސާބުތައް ރަސްމީކޮށް ޝާއިއުކޮށްފައިއެވެ.
އެގޮތުން ތަފާސްހިސާބުތައް ދައްކާގޮތުން އެސްޓީއޯގެ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 3.8 ބިލިއަން ރުފިޔާ އެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައިއިރު 8 އިންސައްތައިގެ އިތުރުވުމެކެވެ.
އެސްޓީއޯއިން ބުނީ އެކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ ވިޔަފާރި ރަނގަޅުވެ، ވިކުނު ތެލުގެ އަދަދު އިތުރުވެފައިވުން ކަމަށެވެ.
ހަމަ އެއާއެކު އެ ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް ތިން ވަނަ ކުއާޓަރުގައި 8 އިންސައްތައިން ވަނީ އިތުރުވެފައެވެ. އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާ އިތުރުވެ، ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 604 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލައި 5 އިންސައްތައިގެ ކުރިއެރުމެކެވެ.
ތިން ވަނަ ކުއާޓަރގައި ވިއްކުމާއި މާކެޓް ކުރުމުގެ ހަރަދުން ލީސް އެޖަސްޓްކުރުމަށްފަހު ހިންގުމާއި ފައިނޭންސް ކުރުމުގެ ޚަރަދު ރީކްލެސިފައި ކުރެވިފައިވާއިރު މިއާއިއެކު ޖުމްލަ ހިންގުމުގެ ޚަރަދު ވަނީ 367 މިލިއަންއިން 358 މިލިއަން ރުފިޔާއަށް ދަށްކުރެވިފައެވެ.
އެއާއެކު ހިންގުމުގެ ފައިދާ 23 އިންސައްތައިން އިތުރުވެ، ހިންގުމުގެ ފައިދާގެ ގޮތުގައި 290 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައިވާކަން އެސްޓީއޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އަދި ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ޚަރަދު ދަށްވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން އެ ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 230 މިލިއަން ރުފިޔާއެވެ
ޓެކްސްއަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި 186 މިލިއަން ރުފިޔާ ލިބުނު އިރު މިއީ، އޭގެ ކުރީ ކުއާޓާރއާއި އަޅާބަލާއިރު 14 އިންސައްތައިގެ އިތުރުވުމެކެވެ.
ގުޅުންހުރި

އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމްތަކެއް ލިބުމުގެ ފުރުސަތު!

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގް ގެ ރަމަޒާން ބާޒާރު ފަށައިފި: ވިޔަފާރިކޮށްގެން 100،000 ރުފިޔާ ލިބުމުގެ ފުރުސަތު!

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް ޤާއިމުކުރި ފުރަތަމަ ފިއުލް ސްކިޑް ރައީސް ހުޅުވައިދެއްވައިފި





