
-
މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ވަރަށް ހާއްސަ ރޯދަ ސޭލެއް ފަށައިފިއެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސުން ކޮންމެ އަހަރަކުވެސް ރޯދަ މަހާއި ދިމާކޮށް ވަރަށް ހާއްސަ ޕްރޮމޯޝަންތައް ތަޢާރަފް ކުރެއެވެ. މި ޕްރޮމޯޝަންތްކުގެ މަގްސަދަކީ ރޯދަމަހަށް ގޭތެރެ ކުލަލުމާއި ޒީނަތްތެރިކުރުމަށް ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ކުލައާއި ދަވާދު އަދި މި ނޫނަސް މަރާމާތު ކުރުމަށް ބޭނުން ކުރެވޭ ސާމާނު ފޯރުކޮށްދިނުމެވެ.
މި އަހަރުގެ ރޯދަ ސޭލް ކުރިއަށް ދަނީ ވެލިގާ ހާޑްވެއަރ އާއި ގުޅިގެންނެވެ.
މިއަހަރުގެ ޕްރޮމޯޝަން ރަސްމީކޮށް ފެށުނީ، 21 ޖެނުއަރީ 2026 ވަނަ ދުވަހުގެރޭ ހުޅުމާލޭގެ އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލުއިޝަންސް ޝޯރޫމްގައި ބޭއްވި ހަފްލާއެއްގައެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ވެލިގާގެ ޑިރެކްޓަރ ޒައިދު މުހައްމަދެވެ. މީގެ އިތުރުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ޑިރެކްޓަރ މުހައްމަދު އީމާން އަދި ސިންގަޕޫރުން ރާއްޖެ ވަޑައިގެންނެވި ނިޕޯން ޕެއިންޓުގެ ޑެލިގޭޓުންވެސް ވަނީ މި ހަފްލާގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މި އަހަރުގެ ރޯދަ ސޭލްގައި ޑިސްކައުންޓް އެޅުވިފައި ހުންނާނީ އެސްޓީއޯ ކޮންސްޓްރަކްޝަންސް އިން ވިއްކާ ޕްރޮޑަކްޓްތަކެގެ ތެރެއިން ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓް ތަކުގައެވެ. އެގޮތުން ނިޕޯން ޕެއިންޓުގެ ހޮވާލެވިފައިވާ ޕްރޮޑަކްޓް ތަކަކުން %50 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި މަކިޓާގެ ބައެއް ޓޫލްސް ތަކަކުން %70 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދަނީ ވެލިގާ ހަރޑްވެއަރ އާއި ވެސް ގުޅިގެންކަމުން، ވެލިގާ ހަރޑްވެއަރ އިން ވިއްކާ ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްކަތުންވެސް ޑިސްކައުންޓް ލިބިގެންދާނެއެވެ.
މީގެ އިތުރުން މި ޕްރޮޑަކްޓްތަކުން ކުރާ ވިޔަފާރި ތަކުން ކޮންމެ 500ރ އަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. ކޫޕަން ތަކުން ނެގޭ ލަކީ ޑްރޯ އަކުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް ބޮޑެތި އިނާމުތަކެއް ވަނީ ހުށަހެޅިފައެވެ. އެގޮތުން، 1 ވަނައަށް ހޮވޭ ފަރާތަކަށް 50،000ރ ގެ ވައުޗަރެއް، 2 ވަނައަށް ހޮވޭ ފަރާތަކަށް 20،000ރ ގެ ވައުޗަރެއް އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް، ސްޓޯން ހޮޓެލްގައި 2 ބޭފުޅަކަށް 2 ދުވަހުގެ ހުރުން ހަމަޖެހިގެންދާނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނެ އައުޓްލެޓްތައް:
އެސްޓީއޯ ކޮންސްޓްރަކްޝަންސް އަމީނީ މަގު ފިހާރަ
މާލެ މަކިޓާ ޝޯރޫމް
ހުޅުމާޅެ ކޮންސަޓްރަކްޝަންސް ޝޯރޫމް
މާލެ އަދި ހުޅުމާލޭގެ ވެލިގާ ހާޑްވެއަރ އައުޓްލެޓްތައް
މީގެ އިތުރުން އެސްޓީއޯގެ ރީޖަނަލްސް އައުޓްލެޓްތަކުން ވިއްކާ ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުންވެސް މި ޑިސްކައުންޓްތައް ލިބިގެންދާނެއެވެ. އަދި މި ރީޖަނަލް އައުޓްލެޓްތަކުން ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑުގެ ޕްރޮޑަކްޓްތައް ބައްލަވައިގަންނަ ފަރާތްތަކަށްވެސް ލަކީ ޑްރޯގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 22 ޖެނުއަރީ 2026 ން ފެށިގެން 26 މާރިޗު 2026 ވަނަ ދުވަހުގެ ނިޔަލަށެވެ.
ގުޅުންހުރި

އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި

އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމްތަކެއް ލިބުމުގެ ފުރުސަތު!

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގް ގެ ރަމަޒާން ބާޒާރު ފަށައިފި: ވިޔަފާރިކޮށްގެން 100،000 ރުފިޔާ ލިބުމުގެ ފުރުސަތު!





