logoEN
PNC TOP 3
ބާޒާރުގައި އޮރެންޖުގެ އަގު އުފުލިއްޖެ: ހާސްވާނެ ކަމެއް ނެތް، އެސްޓީއޯއިން އަގު ހެޔޮކޮށް ލިބޭނެ!

ބާޒާރުގައި އޮރެންޖުގެ އަގު އުފުލިއްޖެ: ހާސްވާނެ ކަމެއް ނެތް، އެސްޓީއޯއިން އަގު ހެޔޮކޮށް ލިބޭނެ!

އަހުމަދު ޝުރާއު

logo

2/23/2026, 7:27:06 PM

# އެސްޓީއޯ

-

ދިވެހި އިމްޕޯޓަރުންގެ އޮރެންޖު ޝިޕްމެންޓުތައް ރާއްޖެ އައުމުގައި ލަސްތަކެއްވެ، ބާޒާރުގައި އޮރެންޖުގެ އަގުތައް އުފުލިއްޖެ އެވެ.

PNC MID 2

މިއަހަރުގެ ރަމަޟާން މަސް ފެށުނުއިރު ދަތުރުވެރިންގެ މާރުކޭޓުގައި އޮރެންޖެއްގެ އަގު ހުރީ 10 ރުފިޔާއާއި 12 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ނަމަވެސް، މިއަދު ގިނަ ގޮޅިތަކުން އޮރެންޖު ހުސްވެފައިވާއިރު އޮރެންޖު ލިބެން ހުރި ބައެއް ގޮޅިތަކުގައި އަގުތައް ހުރީ 14 ރުފިޔާއަށްވުރެ މަތީގައި އެވެ.

ބާޒާރުގައި އޮރެންޖު ލިބުން ދަތިވެ އަގުތައް އިންތިހާއަށް އުފުލިފައިވީ ނަމަވެސް، އެސްޓީއޯ ސުޕަމާޓުން އަންނަނީ ހެޔޮ އަގެއްގައި އޮރެންޖު ވިއްކަމުންނެވެ. ސަރުކާރުން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ އޮރެންޖު، އެސްޓީއޯއިން ވިއްކަމުންދަނީ ކިލޯއެއް 40 ރުފިޔާގެ ރޭޓުންނެވެ.

މިއާއެކު އެއް އޮރެންޖެއްގެ އަގު ޖެހޭނީ 5.7ރ. އާއި 6.7ރ. ދެމެދަށެވެ.

އޮރެންޖަކީ ދިވެހިން ރޯދަ ވީއްލާ ގަޑީގައި ފަނި ގިރުމަށާއި، އަދި ރޯގާ ޖެހި ހުން އައުން ފަދަ ސިއްހީ ހާލަތްތަކުގައި ވެސް ވަރަށް އާންމުކޮށް ބޭނުންކުރާ، ޑިމާންޑް ބޮޑު މޭވާއެކެވެ. އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު އޮރެންޖުގެ އަގު އުފުލުނު ނަމަވެސް ދިވެހި އިމްޕޯޓަރުން އަންނަނީ މިހާރުވެސް އޮރެންޖު ޝިޕްމެންޓުތަކެއް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންނެވެ،.

އެގޮތުން ބައެއް އިމްޕޯޓަރުންގެ އޮރެންޖު ޝިޕްމެންޓުތަކެއް ރާއްޖެ ބަނދަރުކޮށްފައިވާއިރު މާ ލަސްތަކެއް ނުވެ ބާޒާރާއަށް ނެރޭނެ ކަމަށް ބެލެވެއެވެ.ލ

E living
ކޮމެންޓް
E living
ފަހުގެ
HDC