
ޕެލަސް އަތުން ބަލިވެ އީއެފްއެލް ކަޕްގެ ހަތަރުވަނަ ބުރުން ލިވަޕޫލް ކަޓައިފި
# ކްރިސްޓަލް ޕެލަސް # އީއެފްއެލް ކަޕް# ލިވަޕޫލް# ބޭރު ދުނިޔޭގެ ކުޅިވަރުޕެލަސްގެ ކުޅުންތެރިން ލިވަޕޫލް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
އިނގިރޭސި ލީގު ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެ އެންމެ ފަހުގެ ރަނަރަޕް ލިވަޕޫލް މުބާރާތުން ކަޓައިފިއެވެ.

މުބާރާތުގެ ހަތަރުވަނަ ބުރުން ކްރިސްޓަލް ޕެލްސް ޖާގަހޯދީ އަމިއްލަ ދަނޑުގައި އިނގިރޭސި ފުރަތަމަ ޑިވިޝަންގެ މިލްވޯލް 2-1ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. މުބާރާތުގެ ހަތަރުވަނަ ބުރުން ލިވަޕޫލް ޖާގަހޯދީ އަމިއްލަ ދަނޑުގައި އިނގިރޭސި ފުރަތަމަ ޑިވިޝަންގެ ސައުހޭމްޓަން 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މިހާފުގައި ކްރިސްޓަލް ޕެލަސް އިން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ.
އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 41 ވަނަ މިނެޓުގައި އިސްމާއިލާ ސާރ ކާމިޔާބުކުރިއިރު، އޭގެ ހަތަރު މިނެޓްފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ ވެސް އުމުރުން 27 އަހަރުގެ ސެނަގާލް ފޯވާޑް ސާރ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މިހާފުގައި އެޓީމުގެ އެޓޭކުތައް ފެނުނީ ވަރަށް ވެސް ދަށްކޮށެވެ. އަދި މިދެޓީމު އެންމެ ފަހުން ޕްރެމިއާ ލީގުގައި ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް އިން ކާމިޔާބުކޮށްފައިވާއިރު، މިހާފުގައި އެޓީމު އެޓޭކުތައް ފެނިގެންދިޔައީ މާބޮޑަށް ވެސް ވަރުގަދަކޮށެެވެ.
މީގެ އިތުރުން މިމެޗުގައި ލިވަޕޫލަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން މިޑްފީލްޑަރުއަމާރާ ނަލޯ ކުޅެން ނިކުތްތާ 13 މިނެޓް ފަހުން މެޗުގެ 79 ވަނަ މިނެޓުގައި ހޯދި ރަތްކާޑާއެކު މެޗުގެ ބާކީބައި އެއްކުޅުންތެރިއަކު މަދުކޮށް ކުޅެންޖެހުމުންނެވެ.
ލިވަޕޫލުން އެއްކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ޕެލަސް އިން އެޓީމު ތިންވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 88 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން ފޯވާޑް ޔެރަމީ ޕިނޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ކުރީގައި އޮވެގެންނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލަުގައި ކްރިސްޓަލް ޕެލަސް ވާދަކުރަން ޖެހެނީ ޕްރެމިއާ ލީގުގެ އާސެނަލް އާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުގެ ރޭ އާސެނަލްގެ ދަނޑުގައެވެ.
ގުޅުންހުރި

ޕެލަސް އަތުން ބަލިވެ އީއެފްއެލް ކަޕްގެ ހަތަރުވަނަ ބުރުން ލިވަޕޫލް ކަޓައިފި

ވުލްވުސް ބަލިކޮށް އީއެފްއެލް ކަޕް ކުއާޓާ ފައިނަލުގެ ޖާގައެއް ޗެލްސީ އިން ކަށަވަރުކޮށްފި

ރެއާލްގެ ދަނޑުގައި މިފަހަރު ޔަމާލްގެ ޖާދޫ ދެއްކޭގޮތެއްނުވި





