logoEN
Sto top
އެއާޕޯޓުން ޑޮލަރު ސޫޓްކޭސް ފޭރުނު 4 މީހުންގެ ވަނަވަރު އާންމުކޮށްފި

އެއާޕޯޓުން ޑޮލަރު ސޫޓްކޭސް ފޭރުނު 4 މީހުންގެ ވަނަވަރު އާންމުކޮށްފި

އަހުމަދު ޝުރާއު

logo

10/28/2025, 8:23:10 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

އިއްޔެ ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ސޫޓްކޭސް ފޭރުނު 4 މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.

Wamco

މޫނު ނިވާކޮށްގެން ތިބި ބަޔަކު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓްކޭސްއެއް، ފޭރިގަތް މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ 2025 އޮކްޓޯބަރ 27ވަނަ ދުވަހުގެ ފަތިހު 4:45 ހާއިރު އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ 4 މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި މި ފޭރުމުގައި ބޭނުންކުރި ލޯންޗު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަން އިއްޔެ މެންދުރު ހާމަކުރެއްވީ ދާހިލީ ވަޒީރު އަލީ އިހުސާނު އެވެ.

އެގޮތުން މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އޮކްޓޫބަރު 27 ވަނަ ދުވަހުގެ ފަތިހު އެއާޕޯޓުގައި ހިންގި ފޭރުމުގައި ބޭނުންކުރި ލޯންޗް ހޯދައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މި މައްސަލައިގެ ތުހުމަތުގައި 4 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މިގޮތުން މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި 4 މީހުންނަކީ ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)، އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) އަދި އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ) އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި ފޭރުމުގައި ވަގަށް ނެގި ޑޮލަރު ހޯދުނު ކަމެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވެއެވެ. މީޑީއާތަކަށް ހައްޔަރުކުރި މީހުންގެ ވަނަވާރާއި އެކު ފުލުހުންގެ މީޑިއާ އޮފިޝަލް ފޮނުއްވި މެސެޖުގައި ވިދާލުވީ ތަހުގީގު ކުރިއަށް ދިޔަ މިންވަރަކުން މީޑިއާއަށް ހާމަކުރެއްވުންހުރި މައުލޫމާތު ހާމަ ކުރަމުން ގެންދާނެ ކަމަށެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާގޮތުގައި، ފޭރިގަތް ބްރީފް ކޭސްގައި ހުރީ ލައްކައެއްހާ ޑޮލަރެވެ. މި ފައިސާއަކީ ފުރާ މީހުންނަށް ދޫކުރުމަށް އެމްއެމްއޭއިން ދޫކުރާ ފައިސާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެ ސޫޓްކޭސް އެވަގުތު ހިފައިގެންދިޔައީ ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC