logoEN
Sto top
ކާށިދޫގައި ފަތުރުވެރިކަން ފުޅާވެގެން ދިއުމާއެކު، އެރަށަށް ސީޕްލޭން ދަތުރުތައް ފަށަނީ

ކާށިދޫގައި ފަތުރުވެރިކަން ފުޅާވެގެން ދިއުމާއެކު، އެރަށަށް ސީޕްލޭން ދަތުރުތައް ފަށަނީ

އަހުމަދު ޝުރާއު

logo

10/28/2025, 8:21:38 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ކ. ކާށިދޫގެ ތަރައްޤީގައި ޙަޤީޤީ ކުލަޖައްސައިދެއްވައި، ރައްޔިތުން އެދޭގޮތަށް ކަންކަން ބައްޓަންކޮށްދެއްވައި، ފުރިހަމަކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Wamco

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މާލެ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން، ރަސްމީ ހައިސިއްޔަތުން އެމަނިކުފާނަށް ވަޑައިނުގެންނެވި އޮތް ތިންރަށަށް މިއަދު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ކ. ކާށިދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކ. ކާށިދޫގެ ތަރައްޤީއާ ގުޅުންހުރި އުންމީދީ ޚަބަރުތަކެއް ދެއްވާފައެވެ. ޖިއޮގްރަފީ ގޮތުން ކާށިދޫ އޮތް ސަރަޙައްދަކީ އިސްތިރާޖީ ގޮތުން މުހިންމު ސަރަޙައްދަކަށްވީ ނަމަވެސް، ރައްޔިތުން ދިރިއުޅެން ޖެހިފައިވަނީ ވަރަށް ދުރުގައި، އެކަހެރިކޮށްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ލުއި ފަސޭހަ ގޮތެއްގައި ޞިއްޙީ ފަރުވާގެ ކަންކަން ފުރިހަމަވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހެލްތު ސެންޓަރުގެ އައު ޢިމާރާތެއް އެޅުމަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާ، އެ އިމާރާތް ފަރުމާކުރެވޭނީ އެކްސް-ރޭ އަދި ސްކޭނިންގްގެ ޚިދުމަތްދެވޭ ގޮތަށް، ވޯޑަށް އެނދު އިތުރުކުރެވި، ކްލިނިކަލް މަސައްކަތަށް ޖާގަ ހިމެނޭގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުރިއަށް އޮތް 2026 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅުއްވާ ބަޖެޓުގައި، އަލަށް ފަށާ މަޝްރޫޢެއްގެ ގޮތުގައި، އަދި ކާށިދޫއަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައަޅުއްވާނީ، ބަނދަރުގެ މަޝްރޫޢުކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ އަންނަ އަހަރު ކާށިދޫގެ ބަނދަރު ހައްދަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ކާށިދޫގައި ފަތުރުވެރިކަން ފުޅާކުރުމަށް އަދުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކާއި، އެކަމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކާށިދޫ ފަޅުގައި ރިސޯޓް ތަރައްޤީކުރުމަށް ލުއިތަކާއެކު 2 ވަނަ ފަހަރަށް ހުޅުވާލެއްވި ފުރުޞަތުގެ ތެރެއިން އިންވެސްޓަރުން ލިބި، ފަތުރުވެރިކަން ތަރައްޤީވެގެން ދިއުމަކީ އެކި ގޮތްގޮތުން ރަށަށް ކުރިއެރުން ލިބޭނެކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯއްދަވައިދެއްވުމަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ޚިދުމަތް ކާށިދޫއަށްވެސް ހަމަޖެހިގެންދާނެ ކަމަށާ، ފަތުރުވެރިކަން ފުޅާވެގެން ދިއުމާއެކު، ވައިގެމަގުން ކުރެވޭ ސީޕްލޭން ދަތުރުތައްވެސް ޝެޑިއުލްކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމުގެ ޚަބަރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ކާށިދޫ ރައްޔިތުންނަށް ދެއްވާފައެވެ.

ކާށިދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމް ހިންގުމުގެ މަޝްރޫޢުގައި މިއަދު ސޮއިކުރައްވާފައިވާއިރު، މިއީ ރަށުގެ ރައްޔިތުންނާއި އިޤްތިޞާދަށް ކުރިއެރުން ލިބޭނެކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC