logoEN
Sto top
18 އަހަރުން ދަށުގެ 3 ކުއްޖެއްގެ މެދުގައި ހަމަނުޖެހުމެއް: 16 އަހަރުގެ އެކަކު ހައްޔަރަށް!

18 އަހަރުން ދަށުގެ 3 ކުއްޖެއްގެ މެދުގައި ހަމަނުޖެހުމެއް: 16 އަހަރުގެ އެކަކު ހައްޔަރަށް!

އަހުމަދު ޝުރާއު

logo

10/27/2025, 6:18:35 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

ފޮޓޯ: އެމްވީ ކްރައިސިސް

ހުޅުމާލެ ފޭސް 2 ގައި 3 ކުއްޖެއްގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވެއްޖެ އެވެ.

Wamco

ފުލުހުން މިރޭ ބުނީ ހުޅުމާލެ ފޭސް 2 ހިޔާ ޓަވަރު 9 ގައި ދެ ބައެއްގެ މެދުގައި އެކަކު އަނެކަކަށް އިންޒާރުދީ ހަމަނުޖެހުން އުފެއްދުމާއި ގުޅިގެން 3 ކުޑަކުދިން މައުލޫމާތު ސާފުކުރަން ހުއްޓުވާފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައި އެވެ.

މި ހަމަނުޖެހުމުގެ ތެރެއިން މާރާމާރީ ހިންގިކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް ފުލުހުން ވަނީ މާރާމާރީ ހިންގާފައި ނުވާކަމަށް ބުނެފައި އެވެ. އަދި ހަމަނުޖެހުމުގައި ތޫނު އެއްޗެއް ބޭނުންކޮށްފައި ނުވާކަމަށް މީޑިއާ އޮފިޝަލް ފުރަތަމަ ބުނި ނަމަވެސް ފަހުން ވަނީ މި ހަމަނުޖެހުން ހިނގި ސަރަހައްދުން ތޫނު އެއްޗެއް ފެނުނު ކަމަށް ބުނެފައި އެވެ.

މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަނުކޮށް ބުނީ މި މައްސަލައާއި ގުޅގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC