
ސިނަމާލެ ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް: ދެމީހަކަށް ފަރުވާދެނީ
# ދިވެހި ފުލުހުންގެ ޙިދުމަތް-
ސިނަމާލެ ބްރިޖުގައި ނުއްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ 22:17 އެހާކަންހާއިރު ސިނަމާލެ ބްރިޖު މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައި ސައިކަލެއްގެ ފަހަތުން އައި ކާރެއް ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި އަންހެުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ. ނަމަވެސް އެދެމީހުންނަށް ވެސް ލިބުނީ ސީރިއަސް އަނިޔާތަކެއް ނޫންކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ވަނީ ކާރު ދުއްވި މީހާގެ ލައިސެންސް ހިފަހައްޓައި މައްސަލަ ތަހުގީގު ކުރަމުންދާކަން ހާމަކޮށްފައި އެވެ
ގުޅުންހުރި

ސިނަމާލެ ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް: ދެމީހަކަށް ފަރުވާދެނީ

18 އަހަރުން ދަށުގެ 3 ކުއްޖެއްގެ މެދުގައި ހަމަނުޖެހުމެއް: 16 އަހަރުގެ އެކަކު ހައްޔަރަށް!

'އެކުވެރި ފުލުހުންގެ ހަރަކާތް' މުޅި ރާއްޖޭގައި ކުރިއަށް ގެންދަނީ!





