
-
ޅ ކުރެންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އާރްޑީސީއާއި ހަވާލުކޮށްފި އެވެ.

ސަރުކާރުން އާރްޑީސީއާއި މި މަޝްެރޫއު ހަވާލުކުރީ މިހާރު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ޅ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ކުރެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
އެގޮތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ނަޡީމްއެވެ.
މި މަޝްރޫއުގެ ދަށުން ކުރެންދޫ ސިއްހީ މަރުކަޒުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށްބޭނުންވާ ޖާގަ ތަނަވަސް އިމާރާތެއް ބިނާކުރުމަށް ވަނީ ނިންމާފައި އެވެ.
މި މަޝްރޫއުއާއި ގުޅޭގޮތުން މިއަދުގެ ރަސްމިއްުޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރަށުގެ ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތަކީ ރަށުގެ އާބާދީގެ ގިނަ ރައްޔިތުންނަށް އެންމެ އެކަށީގެންވާގޮތުގައި މިހާރު ނުދެވޭ ޚިދުމަތްތައް ގާއިމުކުރުމަށްޓަކައި އިތުރުކުރެވޭ އިމާރާތެއް ކަމުގައި ވިދާޅުވެފައިއެވެ. އަދި މި އިމާރާތް ހަދާނީ 4 އެނދުގެ ވޯޑަކާއި ނަރސް ސްޓޭޝަން، އެކްސް ރޭ ކޮޓަރިއާއި ކޮންސަލްޓޭޝަން ކޮޓަރިއާއި ޕްރައިވެޓް ކޮޓަރި ހިމެނޭހެން ކަމުގައި ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢާއެކު ރަށުގައި ޞިއްޙީ ޚިދުމަތް ވަރުގަދަކުރުމުގެ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމުގައި ރައީސް ވިދާޅުވިއެވެ.
ގުޅުންހުރި

ކުރެންދޫ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަޝްރޫއުވެސް އާރްޑީސީއަށް!
.jpeg&w=3840&q=75)
ޅ އަތޮޅު މަދަރުސާގައި ތަރައްޤީކުރި މަލްޓި-ޕާޕަސް ހޯލުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފި

ކުރެންދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް އާރްޑީސީއާއި ހަވާލުކޮށްފި





