logoEN
Sto top
ޅ އަތޮޅު މަދަރުސާގައި ތަރައްޤީކުރި މަލްޓި-ޕާޕަސް ހޯލުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފި

ޅ އަތޮޅު މަދަރުސާގައި ތަރައްޤީކުރި މަލްޓި-ޕާޕަސް ހޯލުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފި

އަހުމަދު ޝުރާއު

logo

10/27/2025, 11:50:35 AM

# ޅ ކުރެންދޫ

--

ޅ އަތޮޅު މަދަރުސާގައި ތަރައްޤީކުރި މަލްޓި-ޕާޕަސް ހޯލުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފި އެވެ.

Wamco

މި ހޯލް ރަސްމީކޮށް ހުޅުވާފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ޅ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުރެންދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

މި ރަސްމިއްޔާތުގައި ހޯލް ރަސްމީކޮށް ހުޅުއްވައި ދެއްވީ އެޑިއުކޭޝަން މިނިސްްޓަރު ޑރ. އިސްމާޢިލް ޝަފީޢުއެވެ. މި ރަސްމިއްޔާތުގައި ކުރެންދޫ ދާއިރާގެ މެމްބަރުގެ އިތުުރުން އެރަށު ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްރޫއަކީ ކުރީ ސަރުކާރުން ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެ.

މި މަޝްރޫއު ރަސްމީކޮށް ކޮންޓްރެކްޓަރާއި ހަވާލުކުރީ 2022 ވަނަ އަހަރުގެ ތެރޭގައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC