
-
ޅ ކުރެންދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އާރްޑީސީއާއި ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކުރީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ޅ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ކުރެންދޫއަށް ވަޑައިގެންް ރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
އެގޮތުން މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.
މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން އެރަށުގެ ބައެއް މަގުތައް ޒަމާނީ ފެންވަރަށް ތާރު ނުވަތަ ގައު އަޅައިގެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައި އެވެ.
ގުޅުންހުރި

ކުރެންދޫ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަޝްރޫއުވެސް އާރްޑީސީއަށް!
.jpeg&w=3840&q=75)
ޅ އަތޮޅު މަދަރުސާގައި ތަރައްޤީކުރި މަލްޓި-ޕާޕަސް ހޯލުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފި

ކުރެންދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް އާރްޑީސީއާއި ހަވާލުކޮށްފި





