
-
ސަރުކާރުން ޅ އޮޅުވެލިފުށީގައި އަލަށް ފެށުމަށް ނިންމާފައިވާ ތިން މަޝްރޫއުއެއް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކުރި ތިން މަޝްރޫއަކީ އޮޅުވެލިފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ އިތުރުން އެރަށު އޮޑިއެހެލާ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތެވެ.
މި މަޝްރޫއުތައް އެމްޓީސީސީއާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކުރީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ޅ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އޮޅުވެލިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
އެގޮތުން މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސައުދީއެވެ.
މި މަޝްރޫއުތަކާއި ގުޅޭގޮތުން މިއަދު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ބިންހިއްކުމުގެ މަޝްރޫޢު ނިމިގެންދާއިރު، 15 ހެކްޓަރުގެ ބިން، ޅ. އޮޅުވެލިފުއްޓަށް އިތުރުވާނެކަމަށެވެ.
ގުޅުންހުރި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި
އަލިފުށީ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި

ހުޅުދުއްފާރު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފި

.gif&w=3840&q=75)



