logoEN
Sto top
އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް ބަލިކޮށް އާސެނަލް އިން ލީޑު ފުޅާކޮށްފި

އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް ބަލިކޮށް އާސެނަލް އިން ލީޑު ފުޅާކޮށްފި

ހަސަން ޝަމްއޫން

logo

10/26/2025, 10:16:51 PM

# އިނގިރޭސި ޕްރިމިއާ ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# އާސެނަލް# ކްރިސްޓަލް ޕެލަސް

އާސެނަލް އާއި ކްރިސްޓަލް ޕެލަސް ވާދަކުރި މެޗުގެ ތެރެއިން...

އިނގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން މޮޅުވެ އާސެނަލް އިން ލީގު ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

Wamco

ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ފުލަމް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ކްރިސްޓަލް ޕެލަސް އެންމެ ފަހުން ކުޅުނު މެޗުގައި ބޯންމައުތާއި ވާދަކޮށް 3-3 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

އަސެނަލްގެ އެމިރޭޓް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އާސެނަލް އިން މެޗުގެ ލީޑުހޯދީ ފުރަތަަމަ ހާފުގެ 39 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކަމިޔާބުކޮށްދިނީ ދާދިފަހުން ކްރިސްޓަލް ޕެލަސް ދޫކޮށް އެޓީމާއި ގުޅުނު އިނގިރޭސި މިޑްފީލްޑަރު އެބެރިޗީ އެޒޭ އެވެ.

މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ނުވަ މެޗުން އާސެނަލްއަށް 22 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ޕޮއިންޓްގެ ލީޑަކާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ކްރިސްޓަލް ޕެލަސް އިން ލީގުގައި ކުޅުނު ނުވަ މެޗުން ހޯދި 13 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC