logoEN
Sto top
ރަށުން ބޭރުގައި އެސްޓަންވިލާ އަތުން މެންޗެސްޓާ ސިޓީ ބަލިވެއްޖެ

ރަށުން ބޭރުގައި އެސްޓަންވިލާ އަތުން މެންޗެސްޓާ ސިޓީ ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

10/26/2025, 10:12:35 PM

# އެސްޓަން ވިލާ # އިނގިރޭސި ޕްރިމިއާ ލީގު# މެންޗެސްޓާރ ސިޓީ# ބޭރު ދުނިޔޭގެ ކުޅިވަރު

މެންޗެސްޓާ ސިޓީ އާއި އެސްޓަންވިލާ ވާދަކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި އެސްޓަން ވިލާ އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިވެއްޖެއެވެ.

Wamco

މިނަތީޖާއެކު ލީގުގައި ކުޅުނު ނުވަ މެޗުން އެސްޓަން ވިލާއަށް 15 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ސިޓީއަށް ލީގުގައި ކުޅުނު ނުވަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގު ފަސްވަނައިގައެވެ.

ލީގުގައި އެސްޓަން ވިލާ އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ޓޮޓެންހަމް އަތުން މޮޅުވެފައިވާއިރު، ލީގުގައި މެންޗެސްޓާ ސިޓީ އިން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން އެވަޓަން ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ސިޓީ އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އެސްޓަން ވިލާ އިން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މަޓީ ކޭޝް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި މިޑްފީލްޑަރު އެމެލިއާނޯ ބުއެންޑީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އެސްޓަން ވިލާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ސިޓީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އެސްޓަން ވިލާގެ ގޯލަށް 16 ހަމަލާއެއް ފޮނުވާލަފައެވެ. އަދި މެޗުގެ 90 ވަނަ މިނެޓުގައި އެޓީމުގެ ނޯވޭ ފޯވާޑް އެރްލިންގް ހާލަންޑް އެޓީމަށް ލަނޑެއް ވެސް ކާމިޔާބުކޮށްދިނެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މީގެ އިތުރުން މިމެޗާއެކު ކުލަބަށާއި ގައުމީ ޓީމަށް ޖެހިޖެހިގެން 12 މެޗުގައި ލަނޑުޖަހައިގެން ކްރިސްޓިއާނޯ ރޮނާލްޑޯއެކު ހާލަންޑް ހިއްސާކުރަމުން އަންނަ ރެކޯޑް މުގުރާލުމަށް ލިބުނު ފުރުސަތު، ހާލަންޑަށް ވަނީ ބޭނުން ކުރެވޭ ގޮތްނުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC