logoEN
Sto top
ވާދަވެރި ކުޅުމަކަށްފަހު މެންޗެސްޓާ ޔުނައިޓެޑުން ބްރައިޓަން ބަލިކޮށްފި

ވާދަވެރި ކުޅުމަކަށްފަހު މެންޗެސްޓާ ޔުނައިޓެޑުން ބްރައިޓަން ބަލިކޮށްފި

ހަސަން ޝަމްއޫން

logo

10/25/2025, 6:12:36 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ބްރައިޓަން # އިނގިރޭސި ޕްރިމިއާ ލީގު# މެންޗެސްޓަރ ޔުނައިޓެޑް

މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ވާދަކުރި މެޗުގެ ތެރެއިން...

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑުން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެންޕިއަން ލިވަޕޫލް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ބްރައިޓަން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބްރައިޓަން އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މެންޗެސްޓާ ޔުނައިޓުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުން ވެސް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކެމަރޫން ފޯވާޑް ބްރަޔަން އެމްބުއުމޯ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ބެންޖަމީން ސެސްކޯ އަދި ކާލޯސް ކަސަމީރޯ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ބްރައިޓެންގެ ޑެނީ ބެލްބެކް އަދި ކަރަލަންޕޯސް ކޮސްޓޫލަސް މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މެތިއުސް ކުންޔާ އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ނުވަ މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 16 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.އަދި މިމެޗުން ބަލިވި ބްރައިޓަން އިން ލީގުގައި ކުޅުނު ނުވަ މެޗުން ހޯދި 12 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 12 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC