logoEN
Sto top
ސިގްރެޓް ކޮންޓެއިނަރު ވައްކަން: އިތުރު ތިން މީހަކު ހައްުޔަރުކޮށް ކުރީން ހައްޔަރުކުރި ދިގަލި ޝަރީއަތް ނިމެންދެންް ބަންދަށް!

ސިގްރެޓް ކޮންޓެއިނަރު ވައްކަން: އިތުރު ތިން މީހަކު ހައްުޔަރުކޮށް ކުރީން ހައްޔަރުކުރި ދިގަލި ޝަރީއަތް ނިމެންދެންް ބަންދަށް!

އަހުމަދު ޝުރާއު

logo

10/25/2025, 2:00:44 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާއި ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

Wamco

2025 އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ ފުލުހަށް ހުށަހެޅީ 2025 އޮކްޓޯބަރ 09 ވަނަ ދުވަހު އެވެ. އެގޮތުން މި މައްސަލައިގެ ތަހުގީގަށް މީގެ ކުރީން 6 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ މި މައްސަލައާ ގުޅިގެން އިތުރު 3 މީހަކު އިއްޔެގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރު ކޮށްފައިވަނީ ނޫރަލީގެ / ހދ.ވައިކަރަދޫ، އަޙްމަދު ޝަހީމް (42އ) އާއި ޗާނދަނީގެ / ސ.ހިތަދޫ، ޙުސައިން ސާމިޙު (35އ) އާއި ހ. ރުމޭނިޔާ / މާލެ، އަޙްމަދު ފިރުސާން (35އ) އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާަޒިރު ކުރުމުން އަޙްމަދު ޝަހީމާއި ޙުސައިން ސާމިޙު 7 ދުވަހަށް ބަންދު ކުރުމަށް އަދި އަޙްމަދު ފިރުސާން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން، މި މައްސަލައިގައި ކުރިން ހައްޔަރުކުރި މުޙައްމަދު ވަޙީދުގެ ( ދިގަލި ) ބަންދާމެދު ގޮތެއް ނިންމުމަށް 2 ވަނަ ފަހަރަށް ހާޒިރު ކުރުމުން ޝައީޢަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާކަންވެސް ފުލުހުން މިރޭ ވަނީ ހާމަކޮށްފައި އެވެ.

އިއްޔެ ހައްޔަރުކުރި ތިން މީހުންނާއިއެކު މި މައްސަލައާއި ގުޅިގެން މިހާތަނަށް ޖުމުލަ 9 މީހަކު ހުރީ ފުލުހުންގެ ހައްޔަރުގައި އެވެ. އެ 9 މީހުންނަކީ

  1. އަހުމަދު އާރިފް ( ލޮޓަސް ފިހާރައިގެ ވެރިޔާ)
  2. މުހައްމަދު ވަހީދު ( އެޕޯލޯ ކުންފުނީގެ ވެރިޔާ)
  3. މުއާޒް އަލީ ( ކަސްޓަމްސްގެ ކުރީގެ އިސްވެރިއެއް އަދި މިހާރު މިފްކޯގެ މެނޭޖަރެއް)
  4. ޒިވާރު އިސްމާއީލް ( ކަސްޓަމްސްގެ އޮފިސަރެއް )
  5. ޙަސަން ޢަބްދުއްރަޙްމާން
  6. އާދަމް ވަޙީދު ( ކޮންޓެއިނަރުތައް އުފުލި ދޯނީގެ ކެޕްޓަން)
  7. އަހުމަދު ޝަހީމް
  8. ހުސެއިން ސާމިޙު
  9. އަހްމަދު ފިރުސާން

މި މައްސަލައާއި ގުޅިގެން ފުރަތަމަ ހައްޔަރުކުރި ދެ ވިޔަފާރިވެރިން ކަމަށްވާ އަހުމަދު އާރިފް އާއި މުހައްމަދު ވަހީދުގެ މައްޗަށް ފުލުހުން ކުރަނީ މި ވައްކަމަށް ފަންޑުކުރި ކަމުގެ ތުހުމަތެވެ. އަދި މުއާޒް އާއި ޒިވާރުގެ މައްޗަށް މި ވައްކަމުގައި ޝާމިލުވިކަމުގެ ތުހުމަތު ކުރާއިރު ހަސަން އަބްދުއްރަހްމާގެ މައްޗަށް ފުލުހުންކުރަނީ މި ވައްކަން ކާމިޔާބުކުރުމަށް އެހީވިކަމުގެ ތުހުމަތެވެ.

މި މައްސަލައާއި ގުޅިގެން ބަލާފާސްކުރުމުގެ އޮޕަރޭޝަންތަކެއް ކުރިޔަށްގެންދާއިރު މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ތިލަފުށީގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށް، މި އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC