logoEN
Sto top
ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި: ހައްޔަރުކުރީ 19 އަހަރާއި 26 އަހަރާއި ދެމެދުގެ ޒުވާންތަކެއް!

ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި: ހައްޔަރުކުރީ 19 އަހަރާއި 26 އަހަރާއި ދެމެދުގެ ޒުވާންތަކެއް!

އަހުމަދު ޝުރާއު

logo

10/24/2025, 4:00:08 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ގއ ކޮލަމާފުއްޓަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި އެވެ.

Wamco

ފުލުހުން މިރޭ ބުނީ ކަނޑުމަގުން ލޯންޗެއްގައި ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ މައުލޫމާތާއިއެކު އިއްޔެ ހިންގި އޮޕަރޭޝަނެއްގައި 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.އެގޮތުން މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައި ވަނީ އެރަށު ކައުސަރު، ހަސަން ރައްޔާން ރާޝިދު 26، އާއި ސޯސަންގެ، އިސްމާއިލް ހައިޒަމް ހަބީބް 22، އާއި ޝަބްނަމްގެ، އަލީ ޖަނާހް ޖައުފަރު 25، ގެ އިތުރުން ލީނާމަންޒިލް، އިބްރާހިމް އަޒާން މުހައްމަދު 19، އެވެ.

ފުލުހުން ބުނީ އެމީހުން ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އެމީހުން އެރަށަށް އައި ލޯންޗު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނިފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

އެގޮތުން، މަސްތުވާތަކެތި ކަމަށް ބެލެވޭ 30 ރަބަރު ޕެކެޓާއި، ފިލްމް ހުސްކުރި ދެ ދަޅު ވަނީ ފެނިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައި އެވެ.އަދި އެކެއްގެ ހަށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ހަތް ސެލޯފޭން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަންގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނަކީ 44،83 ގްރާމެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހައްޔަރުކުރި 22 އަހަރުގެ ހައިޒަމް 12 ދުވަހަށް އަދި ދެން ތިބި ތިން މީހުން ހަތް ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC