logoEN
Sto top
ހަސަން އަބްދުއްރަހްމާންގެ މައްޗަށް ތުހުމަތުކުރަނީ ސިގިރޭޓް  ވައްކަން "ކާމިޔާބުކުރަން" އެހީވިކަމުގެ ތުހުމަތު!

ހަސަން އަބްދުއްރަހްމާންގެ މައްޗަށް ތުހުމަތުކުރަނީ ސިގިރޭޓް ވައްކަން "ކާމިޔާބުކުރަން" އެހީވިކަމުގެ ތުހުމަތު!

އަހުމަދު ޝުރާއު

logo

10/22/2025, 5:58:40 PM

# ދިވެހި ފުލުހުންގެ ޙިދުމަތް# ސިގްރޭޓް ވައްކަން

-

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ގެއްލުނު މައްސަލާގައި މިއަދު ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.

Wamco

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާއި ގުޅިގެން ފަސްވަނަ މީހަކު ހައްޔަރުކުރީ ރޭގެ ވަގުތެއްގައި އެވެ. އެގޮތުން ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ހައްޔަރުކުރި ފަސް ވަނަ މީހަކީ ކ. ތުލުސްދުއަށް ނިސްބަތްވާ ލިންކް، ހަސަން އަބްދުއްރަހްމާން 52 ކަމަށެވެ.

އެގޮތުން ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ކޯޓު އަމުރުގައި ބުނެފައިވާގޮތުގައި ހަސަން އަބްދުއްރަހްމާންގެ މައްޗަށް މި މައްސަލާގައި ތުހުމަތުކުރެވޭ ވަރުގެ ހެކި ލިބިފައިވެއެވެ. އަދި ސިނގިރެޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އޭނާގެ ފަރާތުން އެހީތެރިކަން ލިބިފައިވާ ކަމަށް ފެންނަ ކަމަށްވެސް ކޯޓު އަމުަރުގައި ވަނީ ބުނެފައި އެވެ.

ކޯޓު އަމުަރުން އިތުރަށް ހާމަވެފައިވާގޮތުގައި ހަސަން އަބްދުއްރަހްމާން މިހާރު ދިރިއުޅޭ އެޑްރެހަކީ މި ވައްކަމުގެ ތުހުމަތުގައި ކުރިން ހައްޔަރުކޮށްފައިވާ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)ގެ ގެއެއް ކަމަށްވާ ހ. އެޕޯލޯ ޓަވަރެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ތިލަފުށީގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށް، މި އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެޕްރީލް މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ހުޅުމާލޭގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޓަރމިނަލުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން މިކަމުގައި ޝާމިލުވާ 4 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކަސްޓަމްސްގެ ކުރީގެ އިސްވެރިއެއް އަދި މިހާރު މި ސަރުކާރުގައި މިފްކޯގެ އިސް މަގާމެއްގައި ހުރި މުޢާޒް ޢަލީ އިތުރުން ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފާއި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދާއި ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއިލްއެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެ ވިޔަފާރިވެރިންގެ މައްޗަށް ފުލުހުން ކުރަނީ މި ވައްކަން ރާވައި ފަންޑުކުރި ކަމުގެ ތުހުމަތެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC