logoEN
Sto top
މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަނީ

މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަނީ

އަހުމަދު ޝުރާއު

logo

10/24/2025, 3:57:49 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ނޭޕާލް އަންހެނަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ފުލުހުން ހާމަކޮށްފި އެވެ.

Wamco

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ނޭޕާލް ރައްޔިތެއްކަމަށްވާ ޕޫރްނީމާ ގަޖްމަރ (19އ) ކަމަށެވެ.

2025 ޕޫރްނީމާ ގަޖްމަރ ހޯދަމުންދަނީ އޮކްޓޯބަރ 21 ވަނަ ދުވަހުގެ މެންދުރު 2:00 އެހައިކަންހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް 2025 އޮކްޓޯބަރ 23 ވަނަ ދުވަހުގެ އިރު އެއްސި 06:56 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ.

އަދި އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

ވީމާ، ޕޫރްނީމާ ގަޖްމަރ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC