logoEN
Sto top
ޖިނާއީ ބޮޑު ކުށެއް ހިމެނޭ މައްސަލަތަކުގެ ލިޔެކިޔުންތައް 8 އަހަރު ވަންދެން ބަލަހައްޓަންޖެހޭގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފި

ޖިނާއީ ބޮޑު ކުށެއް ހިމެނޭ މައްސަލަތަކުގެ ލިޔެކިޔުންތައް 8 އަހަރު ވަންދެން ބަލަހައްޓަންޖެހޭގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފި

އަހުމަދު ޝުރާއު

logo

10/23/2025, 7:45:29 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ޕޮލިސް ރިކޯޑް ބެލެހެއްޓޫމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގައި ގަވާއިދު (ގަވާއިދު ނަންބަރު 105-އާރު/2021 ) އަށް އެއް ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު ގެޒެޓްކޮށް އެއަށް އަމަލުކުރަން ފަށައިފިއެވެ.

Wamco

ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 106-އާރު/2025 ) ގެޒެޓްކޮށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެންނެވެ.

މި ގަވާއިދުގައިވާ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތައްޔާރުކުރާ ލިޔެކިޔުންތަކާއި އެއްކުރާ ލިޔެކިޔުންތައް ކަނޑައެޅޭ ނިޒާމުގެ ތެރެއިން ރައްކައުކޮށް ބަލަހައްޓަންޖެހެއެވެ. އެގޮތުން ޖިނާއީ ބޮޑު ކުށެއް ނުވަތަ ޖިނާއަތުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތައް 8 އަހަރު ދުވަސް ވަންދެން ބަލަހައްޓަންޖެހޭނެއެވެ.

އަދި ޖުނަޙުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތައް 3 އަހަރު ދުވަސް، ދަޢުވާކުރަން ފޮނުވިފައިވާ މައްސަލައެއްނަމަ، ޝަރީޢަތުން ގޮތެއް ނިމެންދެން ނުވަތަ އިސްތިއުނާފުގެ މަރުޙަލާތައް ނިމެންދެން ބަލަހައްޓަންޖެހެއެވެ. ގަވާއިދު ކުރިން އޮތް ގޮތުން މި މުއްދަތުތަކަށް ރައްކާތެރިކުރާ ލިޔެކިޔުން ނައްތާލެވޭނެ ހާލަތްތަކެއް ބަޔާންކޮށްފައެއް ނޯވެއެވެ.

ނަމަވެސް މިހާރު ހުށައަޅާފައިވާ އިސްލާހުގައިވާ ގޮތުން ޖިނާއީ މައްސަލައެއްގައި ދަޢުވާ ނުކުރެވޭނެކަމަށް ޕްރޮސކިއުޓަރ ޖެނެރަލް ނިންމައިފިނަމަ، އެ ނިންމުން ނިންމި ތާރީޚުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ހަމައެއާއިއެކު ތަޙުޤީޤު ނިމިފައިވާ ޖިނާއީ މައްސަލައެއްގައި، އެ މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ އަދި އެ މައްސަލައިގައި ދަޢުވާ އުފުލޭނެ މިންވަރަށް ހެކި ލިބިފައިވާ މައްސަލައަކަށް ނުވާނަމަ، އެ މައްސަލައިގެ ބާވަތަށާއި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކުރާއިރު، އެފަދަ ހެއްކެއް އަލުން ލިބިދާނެކަމަށް ނުބެލެވޭކަމަށް އެ މައްސަލައެއް ތަޙުޤީޤުކުރި ފަރާތާއި އެ ފަރާތުގެ ސުޕަވައިޒަރަށް ޤަބޫލުކުރެވޭކަން ބަޔާންކޮށް ލިޔުމުންކުރާ އެންޑޯޒްމަންޓަކަށް ބިނާކޮށް، އެ ސަބަބުގެ މައްޗަށް ރިއާޔަތްކޮށް، އެ މައްސަލައެއް ފައިލްކުރެވުނު ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެކަމަށްވެސް ގަވާއިދާ އަލަށް ގެނެވުނު އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މިއީ ޕޮލިސް ރިކޯޑް ބެލެހެއްޓޫމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގައި ގަވާއިދަށް އިސްލާހު ގެނެވުނު ފުރަތަމަ ފަހަރެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC