
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ސިޓީއަކަށް ހައިވަކަރު ގަސްތައް ފޯރުކޮށްދީފި
# އެންވަޔަރަމަންޓް މިނިސްޓްރީ-
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ސިޓީއަކަށް ހައިވަކަރު ގަސްތައް ފޯރުކޮށްދީފި އެވެ.

ތިމާވެއްޓާއިބެހޭ ވުޒާރާއިން މިއަދު ބުނީ ރާއްޖޭގެ ކޮންމެ އާބާދުވެފައިވާ ރަށަކާއި ސިޓީއަކަށް ހައިވަކަރު ގަސްތައް ފޯރުކޮށްދިނުމުގެ މަޝްރޫޢު ކާމިޔާބީއާއެކު ނިންމާލެވި ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ފެހިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި މުހިންމު ބޮޑު ކުރިއެރުމެއް ހޯދިފައިވާކަމަށެވެ.
އެގޮތުން މި ކާމިޔާބީއަކީ، ރާއްޖޭގެ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށާއި، ރަށްރަށުގެ ރީތިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ފިޔަވަޅެއް ކަމަށާއި މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ކޮންމެ ކަނކޮޅަކަށް ހައިވަކަރު ގަސްތައް ފޯރުކޮށްދިނުމުގެ ސަބަބުން، ރަށްތައް ފެހިކޮށް، ގަސްގަހާގެހި ގިނަކުރުމަށް ބޮޑު ބާރަކަށް ވާނެކަން އެވުޒާރާއިން ބުނެއެވެ.
ހައިވަކަރު ގަސްތަކަކީ ތިމާވެށި ރައްކާތެރިކުރުމަށާއި، ވައިގެ ފެންވަރު ރަނގަޅުކުރުމަށާއި، ފިނިކަން އިތުރުކުރުމަށް ވަރަށް ފައިދާހުރި ގަސްތަކެކެވެ. މީގެ އިތުރުން ގަސްތަކަކީ މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.
މިފަދަ މަޝްރޫޢުތައް މެދުވެރިކޮށް ދިވެހިރާއްޖޭގެ ރީތި ތިމާވެށި އަންނަން އޮތް ޖީލުތަކަށްޓަކައި ދެމެހެއްޓުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ގުޅުންހުރި

ރާއްޖެއާއި އެމް.އާރް.ސީ.ބީއާ ދެމެދު ހަކަތަ އާއި ކުނި މެނޭޖްކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

އިންގުރައިދޫގައި 350 ކިލޯވޮޓްގެ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމެއް ބެހެއްޓުމުގެ މަސައްކަތްކުރިޔަށްދަނީ

އުތަހަ: ކުނި މެނޭޖްކުރުމާ ގުޅޭ ހުރިހާ މަޢުލޫމާތެއް އެއްތަނަކުން ލިބޭނެ ޑޭޓާބޭސްއެއް!





