
އުތަހަ: ކުނި މެނޭޖްކުރުމާ ގުޅޭ ހުރިހާ މަޢުލޫމާތެއް އެއްތަނަކުން ލިބޭނެ ޑޭޓާބޭސްއެއް!
# އެންވަޔަރަމަންޓް މިނިސްޓްރީ-
ކުނި މެނޭޖްކުރުމާ ގުޅޭ ހުރިހާ މަޢުލޫމާތެއް އެއްތަނަކުން ލިބޭނެ ޑޭޓާ ބޭސްއެއް، ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ތަޢާރަފު ކޮށްފިއެވެ.

އުތަހި ގެ ނަމުގައި ތަޢާރަފު ކުރި މި ޑޭޓާ ބޭސްއަކީ ކުނި މެނޭޖް ކުރުމާ ގުޅޭ ގިނަ މަޢުލޫމާތު ފަސޭހަކަމާއެކު ހޯދޭނެ ގޮތަށް ފަރުމާކޮށްފައިވާ އޮންލައިން ޑިޖިޓަލް ޕްލެޓްފޯމެކެވެ. އުތަހި، މިނަމަކ ީ”އުކާލާ ތަކެތީގެ ހިސާބު” ކުރުކޮށް ކިޔާގޮތެވެ. މިއީ ޤާނޫނު ނަންބަރު 24/2022، (ކުނި މެނޭޖުކުރުމުގެ ޤާނޫނ)ުގެ 59 ވަނަ މާއްދާގެ ދަށުން ކުނި މެނޭޖުކުރުމުގެ މަޢުލޫމާތުގެ ރެކޯޑު ބެލެހެއްޓުމާއި، ރިޕޯޓުކުރުން ކުނި މެނޭޖުކުރާ ފަރާތްތަކަށް ލާޒިމްކޮށްފައިވާތީ، އެ ކަމަށް މަގު ފަހިކޮށްދިނުމަށާއި ވުޒާރާގެ މެންޑޭޓްގައި ހިމެނޭ ބައިނަލް އަގުވާމީ މުޢާހަދާތަކު ދަށުން އެއްކުރަންޖެހޭ މަޢުލޫމާތު ރައްކާކުރުމުގެ އިތުރުން ދާއިރާއާއި ގުޅުންހުރި ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެނަލައިޒް ކުރުމުގެ ބޭނުމުގައި ތަޢާރަފު ކުރެވުނު ޕްލެޓްފޯމެކެވެ.
މި ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ހިންގަމުންދާ 'އިނީޝިއޭޓިވް ފޯ ކްލައިމެޓް އެކްޝަން ޓްރާންސްޕޭރެންސީ' މޯލްޑިވްސް’ (އައިކެޓް) ޕްރޮޖެކްޓް، އަދި ސައުތު އޭޝިއާ ކޯ-އޮޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް)ގެ ޕްލާސްޓިކް ފްރީ ރިވާސް އެންޑް ސީސްފޯ ސައުތް އޭޝިއާ (ޕްލީޒް) ޕްރޮޖެކްޓްގެ ޓެކްނިކަލް އެސިސްޓެންސްގެ ދަށުންނެވެ.
މި ޕްލެޓްފޯމްގެ އެހީގައި ދިވެހިރާއްޖޭގައި އުފައްދާ ކުންޏާއިބެހޭ ތަފާސްހިސާބުތައް ރެކޯޑުކުރެވި، ކުނީގެ ޒަރީޢާއިން ޖައްވަށް ބޭރުވާ ގްރީންހައުސް ގޭސްގެ މިންވަރު ދެނެގަނެވޭނެ ކަމުގައި އެވުޒާރާއިން މަޢުލޫމާތު ދެއެވެ. މި ޕްލެޓްފޯމްގައި މައިގަނޑުގޮތެއްގައި ހިމެނެނީ އެޑްމިން ޕޯޓަލް އަކާއި ވޭސްޓް ޓރެކިންގ ސިސްޓަމެއްގެ އިތުރުން ޢާއްމު ރައްޔިތުންނަށް އަމާޒުކޮށް ފަރުމާކޮށްފައިވާ ސިޓިޒަން އެޕް އެކެވެ. މި ސިޓިޒަން އެޕަކީ އެންޑްރޮއިޑާއި އޯއެސް ސިސްޓަމްތަކުގައި ބޭނުންކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ އެޕެކެވެ.
މި އެޕުގެ އެޑްމިން ޕޯޓަލްއިން ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ގެނެވޭ ކުނީގެ ބާތްތަކާއި މިންވަރުތަށް ދެނެގަނެވޭނެއެވެ. މީގެ އިތުރުން އެ މަރުކަޒުތަކުގައި ބޭނުންކުރާ މެޝިނަރީސްގެ މަޢުލޫމާތު އޭގެ އޮޕަރޭޝަނަލް ސްޓޭޓަސް އާއެކު ފެންނަން ހުންނައިރު ކުނިކޮށީގައި ޓްރީޓް ކުރެވޭ ކުނީގެ މިންވަރު އަދި ޓްރީޓްމެންޓް މެތަޑްވެސް މި ޕޯޓަލްއިން އެނގޭނެ އެވެ. އަދި މަރުކަޒުތަކަށް ގެނެވޭ ކުނީގެ ބާވަތްތައް އަދި އެނޫންވެސް މައުލޫމާތު ތަކުގެ މައްޗައް ބިނާކޮށް ރިޕޯޓް ފަސޭހަކަމާއިއެކު އޮޓޮމެޓިކުން ތައްޔާރު ކުރެވި ވޭސްޓް ޓްރެކިންގް ސިސްޓަމް މެދުވެރިކޮށް އެއްތަނުން އަނެއްތަނަށް ގެންދެވޭ ކުނީގެ ހަރަކާތްތައް ޓްރެކް ކުރެވޭނެއެވެ.
އެގޮތުން ކުނި އުފުލާ އުޅަނދު ސިސްޓަމްގައި ރެޖިސްޓާ ކުރެވި، އުޅަނދުގެ ތަފްސީލާއި ޓައިމް ސްޓޭންޕްގެ ތަފްސީލާއި، އަދި އުޅަނދު ދަތުރުކުރާ މަގު ޓްރެކްކުރެވިގެންދާއިރު އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އެންމެ ތެޔޮ ހަރަދު ކުޑަ އަލްޓަނޭޓިވް ރޫޓްސް ދައްކާނެއެވެ. ސިޓިޒަން އެޕްލިކޭޝަނުން އާންމު ރައްޔިރުންނަށް ފަސޭހަކަމާއި އެކު ކުނި ނަގަން ކަނޑައަޅާފައިވާ ތާވަލު ފެންނާނެހެން "ވޭސްޓް ކަލަންޑަރ"ވަނީ ފަރުމާކުރެވިފައިއެވެ. މިއީ ކޮންމެ ރަށަކަށްވެސް އެރަށެއްގެ ކުނި ނެގުމުގެ ތާވަލް ކަސްޓަމައިޒް ކުރެވޭނެގޮތަށް ތައްޔާރުކުރެވިފައިވާ ނިޒާމެކެވެ. އަދި ކުންޏާއި ގުޅޭ ޝަކުވާތަކާއި މައްސަލަތައް ރިޕޯޓްކުރުމުގެ ފީޗާއެއްވެސް މި އެޕްލިކޭޝަންގައި ޤާއިމުކުރެވިފައިވެއެވެ. އެގޮތުން އާންމުންނަށް ހިނގާ ބިނގާވެއުޅުން ދަތިވާނެހެން މަގުމައްޗަށް. އަޅާފައި ހުންނަ ކުނި ފޮޓޯއާއިއެކު މި އެޕްލިކޭޝަން މެދުވެރިކޮށް ރިޕޯޓްކުރެވޭއިރު މި އެޕްލިކޭޝަން ބޭނުންކޮށްގެން ކުނި މެނޭޖުކުރުމާއި ގުޅޭ މަޢުލޫމާތުވެސް ޢާއްމުންނާއި ހިއްސާކުރެވޭނެއެވެ. މިއީ ކުނި މެނޭޖްކުރުމުގެ ދާއިރާގައި ރާއްޖެއަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ޕްލެޓްފޯމެކެވެ.
މި ޑޭޓާބޭސްގެ އެޑްމިން ޕޯޓަލް މިހާރުވަނީ ލައިވްކޮށްފައެވެ.
ސިޓިޒަން އެޕްލިކޭޝަންވެސް ޢާއްމުންނަށް މިފެށޭ ޑިސެމްބަރު މަހުގެ ކުރީކޮޅު ޢާއްމުންނަށް ހުޅުވާލުމަށް ވަނީ ރާވާފައެވެ. މި ޕްލެޓްފޯމް ރޯލްއައުޓް ކުރުމުގެ މަސައްކަތް ކުރިއަށްއޮތް އަހަރު ތެރޭގައި ހަލުވިކަމާއެކު ކުރިއަށްދާނެ ކަމަށާއި މި ޕްލެޓްފޯމް ބޭނުންކުރަން ފެށުމުން،ކުނި މެނޭޖުކުރުމުގެ މަޢުލޫމާތު އެއްކުރުން ސަރުކާރުން އިފްތިތާޙް ކޮށްފައިވާ މޯލްޑިވްސް 2.0 އާއި އެލައިންކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

އުތަހަ: ކުނި މެނޭޖްކުރުމާ ގުޅޭ ހުރިހާ މަޢުލޫމާތެއް އެއްތަނަކުން ލިބޭނެ ޑޭޓާބޭސްއެއް!

ލ. އަތޮޅުގެ މޫސުމީ ބަދަލުތަކުގެ ސިމްޕޯޒިއަމަށް "ބްލޫ ކެޕިޓަލް" ޕްރޮޖެކްޓުން އެހީތެރިވެދީފި

ކެޓެނޭޓް މަޝްރޫޢުގެ ދަށުން ރައްކާތެރިކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމާއިގުޅޭ ޑިޕްލޮމާ ކޯހެއް ފަރުމާކުރަނީ





