
އިންގުރައިދޫގައި 350 ކިލޯވޮޓްގެ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމެއް ބެހެއްޓުމުގެ މަސައްކަތްކުރިޔަށްދަނީ
# އެންވަޔަރަމަންޓް މިނިސްޓްރީ-
ރ. އިންގުރައިދޫގައި 350 ކިލޯވޮޓްގެ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމަކާއި 618 ކިލޯވޮޓް ގަޑީގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (BESS) ބެހެއްޓުމުގެ މަސައްކަތް ކުރިޔަށްދާކަން ތިމާވެއްޓާއިބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

އެވުޒާރާއިން ބުނީ މި މަޝްރޫޢުގެ ސަބަބުން ރަށުގެ ކަރަންޓަށް ބޭނުންވާ ޑީސަލް ދަށްކޮށް، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރެވޭނެ ކަމަށާއި މި ސިސްޓަމް ބޭނުންކުރަން ފެށުމާއެކު، އަހަރަކު 164,672 ލީޓަރުގެ ޑީސަލް ބޭނުންކުރުން ކުޑަވެގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން، 403 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO₂) ވައިރިދުން ހުއްޓުވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއީ ރާއްޖޭގެ ކަރަންޓު އުފެއްދުމުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމަށް ރާއްޖެ ކުރާ މަސައްކަތަށް ލިބޭ ކުރިއެރުމެއްގެ ގޮތުގައި އެވުޒާރާއިން ހާމަކުރެއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ތެރޭގައި ހިންގަވާ ވަރަށް މުހިންމު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢުއެވެ. 2028 ވަނަ އަހަރާ ހަމައަށް، ރާއްޖޭގެ ކަރަންޓު އުފައްދާ މިންވަރުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށް ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާ ވިޝަން ޙާސިލްކުރުމަށް މި މަޝްރޫޢަކީ މުހިންމު ފިޔަވަޅެކެވެ.
މި ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ނިމި، އިންގުރައިދޫ ރައްޔިތުންނަށް އޭގެ ފައިދާ ލިބެން ފަށާނެ ދުވަހަކަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.
ގުޅުންހުރި
.webp&w=3840&q=75)
"ނޭޝަނަލް ކާބަން ރެގިއުލޭޝަން" ޤަވާއިދު އެކުލަވައިލުމާ ގުޅޭގޮތުން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މިނިސްޓަރު ޠާރިޤް އައިރީނާގެ ޑައިރެކްޓަރ ޖެނެރަލާ ބައްދަލުކުރައްވައިފި

އައިރީނާގެ 16 ވަނަ އެސެމްބްލީގައި ރާއްޖެއިން ބައިވެރިވެއްޖެ

.gif&w=3840&q=75)



