
ލ. އަތޮޅުގެ މޫސުމީ ބަދަލުތަކުގެ ސިމްޕޯޒިއަމަށް "ބްލޫ ކެޕިޓަލް" ޕްރޮޖެކްޓުން އެހީތެރިވެދީފި
# އެންވަޔަރަމަންޓް މިނިސްޓްރީ-
"ދަ ބްލޫ ކެޕިޓަލް ފޮރ ޕްރޮސްޕެރިޓީ އެންޑް ކްލައިމެޓް ރެސިލިއަންސް ޕްރޮޖެކްޓް" އާއި ލ. އަތޮޅު ކައުންސިލް ގުޅިގެން، ލ. ކްލައިމެޓް ޗޭންޖް، ކޮންސަރވޭޝަން އެންޑް ޑިޒާސްޓަރ މެނޭޖްމަންޓް ސިމްޕޯޒިއަމް 2025 ބޭއްވުމަށް އެހީތެރިވެދީފިއެވެ.

މި ސިމްޕޯޒިއަމް ބޭއްވުނީ ލ އަތޮޅުގެ މޫސުމީ ބަދަލުތަކާއި، ތިމާވެށި ރައްކާތެރިކުރުމާއި، ކާރިސާ މެނޭޖްމަންޓްއާ ގުޅޭ މުހިންމު ކަންކަމަށް ހައްލު ހޯދުމުގެ މަޤްސަދުގައެވެ.
ޅ. ނައިފަރުގައި ނޮވެމްބަރު މަހުގެ 14 އަދި 15 ވަނަ ދުވަހު ބޭއްވި ދެ ދުވަހުގެ މި ސިމްޕޯޒިއަމްގައި، އެ އަތޮޅުގެ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ޖަމްޢިއްޔާތަކާއި، އަދި އަތޮޅުގެ އެކި ރަށްރަށުގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.
ލ. އަތޮޅުގައި ބޭއްވުނު މި ސިމްޕޯޒިއަމްގައި ވަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށާއި، ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށާއި، ކުއްލި ކާރިސާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލާފައިއެވެ.
ތިމާވެއްޓާއިބެހޭ ވުޒާރާއިން ބުނީ "ދަ ބްލޫ ކެޕިޓަލް ފޮރ ޕްރޮސްޕެރިޓީ އެންޑް ކްލައިމެޓް ރެސިލިއަންސް ޕްރޮޖެކްޓް" ގެ އެހީތެރިކަން މި ސިމްޕޯޒިއަމްއަށް ލިބުމާއިއެކު ލ. އަތޮޅުގެ ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، މޫސުމީ ބަދަލުތަކަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވުމަށް އެހީތެރިވެދޭނެކަމަށެވެ. އަދި މިފަދަ މަސައްކަތްތަކުން އަތޮޅުތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ރައްކާތެރި މާޙައުލެއް ޤާއިމުކުރުމަށް މަގުފަހިވާނެ ކަމަށްވެސް ފާހަގަކުރެވޭ ކަމަށެވެ.
ގުޅުންހުރި

ލ. އަތޮޅުގެ މޫސުމީ ބަދަލުތަކުގެ ސިމްޕޯޒިއަމަށް "ބްލޫ ކެޕިޓަލް" ޕްރޮޖެކްޓުން އެހީތެރިވެދީފި

ކެޓެނޭޓް މަޝްރޫޢުގެ ދަށުން ރައްކާތެރިކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމާއިގުޅޭ ޑިޕްލޮމާ ކޯހެއް ފަރުމާކުރަނީ

އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރާއްޖެއިން ގޮވާލައިފި





