
ރާއްޖެއާއި އެމް.އާރް.ސީ.ބީއާ ދެމެދު ހަކަތަ އާއި ކުނި މެނޭޖްކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި
# އެންވަޔަރަމަންޓް މިނިސްޓްރީ-
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހިމް، މެލޭޝިއަން ރިސޯސަސް ކޯޕަރޭޝަން ބަރަހަޑް (އެމް.އާރް.ސީ.ބީ) ގެ މެނޭޖިންގ ޑިރެކްޓަރާއި ބައްދަލުކުރައްވައިފި އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން ބުނީ މި ބައްދަލުވުމުގައި ހަކަތައިގެ ހައްލުތަކާއި ކުނި މެނޭޖްކުރުމުގެ ދާއިރާއިން ރާއްޖެއަށް ލިބިދާނެ އެހީތެރިކަމާއި އެއްބާރުލުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ.
މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިވެދޭނެ އަދި ދިގު މުއްދަތަށް ތިމާވެށީގެ ގޮތުން ރައްކާތެރި ގޮތްތައް ބަލައިގަތުމަށް ހުރި ފުރުސަތުތައް ދެނެގަތުމެވެ. ޚާއްސަކޮށް، ތިމާވެއްޓާ ރަހުމަތްތެރި ހަކަތައިގެ ހައްލުތަކާއި، ކުނި މެނޭޖްކުރުމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މި މަޝްވަރާތަކަކީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ހަކަތައިގެ ދާއިރާއިން އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ބާރެކެވެ.
ގުޅުންހުރި

ފުވައްމުލަކުގައި ގާއިމްކުރި "ލިވިންގ ލެބް" އަދި މަލްޓި ހަޒާޑް އަރލީ ވަރނިންގް ސިސްޓަމް ލޯންޗުކޮށްފި

ތުރުކިޔޭގައި ބޭއްވި "ރޯޑް ޓު ކޮޕް31: ރެޒިލިއަންޓް ސިޓީސް" ގައި ރާއްޖެއިން ބައިވެރިވެއްޖެ

އިންޓަރނޭޝަނަލް ވިއެންނާ އެނަރޖީ އެންޑް ކްލައިމެޓް ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ




