
ފަސޭހަކަމާއެކު އެތްލެޓިކޯ ބަލިކޮށް އާސެނަލް އިން ފެންވަރު ދައްކާލައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެމްޕިއަންސްލީގު# އެތްލެޓިކޯ މެޑްރިޑް# އާސެނަލްއެތްލެޓިކޯ ކޮޅަށް ލަނޑުޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ..
ޔުއެފާ ޗެންޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި ވާދަކޮށް ފަސޭހަކަމާއެކު 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ އާސެނަލް އިން އެޓީމުގެ ފެންވަރު ދައްކާލައިފި އެވެ.

ޗެންޕިއަންސްލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި އެތްލެޓިކް ބިލްބާއޯ އަތުން ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން މެޅުވެފައިވާއިރު، އެތްލެޓިކޯ މެޑްރިޑުން ވަނީ އަމިއްލަ ދަނޑުގައި ފްރެންކްފާޓް 5-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު ދެމެޗު ވެސް ކާމިޔާބުކޮށްފައިވަނީ އެތްލެޓިކޯ މެޑްރިޑުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ އެތްލެޓިކޯ މެޑްރިޑްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އާސެނަލް އިން ވަނީ 13 މިނެޓް ތެރޭގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިހާފުގައި އެޓީމުގެ ފޯވާޑް ވިކްޓަރ ޔޮކަރޭސް ދެލަނޑު ކާމިޔާބުކުރިއިރު، ޑިފެންޑަރު ގެބްރިއަލް އަދި ފޯވާޑް މާޓިނެއްލީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިހާފުގައި އެތްލެޓިކޯ މެޑްރިޑުން ވެސް ވަނީ އާސެނަލްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 4-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އާސެނަލްގެ ފޯވާޑް ވިކްޓާ ޔޮކަރޭސް އެވެ.
މިނަތީޖާއެކު ލިގުބުރުގައި ކުޅުނު ތިން މެޗުން ވެސް އާސެނަލް މޮޅުވެފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި އެތްލެޓިކޯ މެޑްރިޑުން ލީގުބުރުގައި ކުޅުނު ތިން މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 18 ވަނައިގައެވެ.
ގުޅުންހުރި

މެޗުގެ ބޮޑުބައި 10 ކުންތެރިންނާއެކު ކުޅުނު އޮލިންޕިއާކޯސް އަތުން ބާސެލޯނާއަށް ފަސޭހަ މޮޅެއް

ފަސޭހަކަމާއެކު އެތްލެޓިކޯ ބަލިކޮށް އާސެނަލް އިން ފެންވަރު ދައްކާލައިފި

ހާލަންޑަން އެންމެ ފަހުން ކުޅުނު 12 މެޗުގައި ލަނޑުޖަހައި ރޮނާލްޑޯގެ ރެކޯޑާއި އަރައި ހަމަކޮށްފި





