logoEN
Sto top
ޑޫއޭގެ ދެލަނޑާއެކު ލެވަކޫސަން އަތުން ޕީއެސްޖީއަށް ތަފާތުބޮޑު މޮޅެއް

ޑޫއޭގެ ދެލަނޑާއެކު ލެވަކޫސަން އަތުން ޕީއެސްޖީއަށް ތަފާތުބޮޑު މޮޅެއް

ހަސަން ޝަމްއޫން

logo

10/22/2025, 5:06:14 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ޕީއެސްޖީ# ބަޔާ ލެވަކޫސަން# ޔުއެފާ ޗެމްޕިއަންސްލީގު

ޑިޒެއާ ޑޫއޭ

ޔުއެފާ ޗެންޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ޖަރުމަނުގެ ބަޔާ ލެވަކޫސަން އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 7-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ޗެންޕިއަން ޕީއެސްޖީ އިން ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

ޗެންޕިއަންސް ލީގުގައި ޕީއެސްޖީ އެންމެ ފަހުން ކުޅުނު މެޗުގައި ބާސެލޯނާ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލެވަކޫސަން އެންމެ ފަހުން ކުޅުނު މެޗުގައި ޕީއެސްވީ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕީއެސްޖީ އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލެވަކޫސަންގެ ކެޕްޓަން ރޮބަޓް އެންޑްރިޗް އަދި ޕީއެސްޖީގެ ޑިފެންޑަރު އިލިއާ ޒަބާނީއަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި ދެޓީމުން ވެސް 10 ކުޅުންތެރިންނާއެކު ފުރިހަމަކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިން ލަނޑުގެ ލީޑަކާއެކު 4-1 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ޕީއެސްޖީ އިން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ޕީއެސްޖީގެ ޑިޒެއާ ޑޫއޭ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އުސްމާން ޑެމްބެލޭ، ވިލިއަމް ޕަޗޯ، ނޫނޯ މެންޑޭސް، ވިޓީނިއާ އަދި ޚަވިޗާ ކަވަރަޓްސްޚޭލިއާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ލެވަކޫސަންގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި އެޓިމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު އެލެކްސް ގާސިއާއެވެ. އަދި އޭގެ ކުރިން ވެސް އެޓީމަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޓީމުގެ ޑިފެންޑަރު އަލްޖަންޑްރޯ ގްރިމާލްޑޯ ކުރިއަށް ފޮނުވަލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕީއެސްޖީގެ ޑިފެންޑަރު ނޫނޯ މެންޑޭސް އެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތްއިރު، މިމެޗުން ބަލިވި ލެވަކޫސަން އިން ލީގުބުރުގައި ކުޅުނު ތިން މެޗުން ހޯދި ދެ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 27 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC