
އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1.8 މެގަ ވޮޓުގެ އައު ދެ ޖެނެރޭޓަރު ގެނެސްފި
# ފެނަކަ ކޯޕަރޭޝަން-
އައްޑޫސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ފެނަކައިން އައު ދެ ޖެނެރޭޓަރު ރާއްޖެ ގެނެސްފި އެވެ.

ފެނަކައިން މިރޭ ބުނީ އައްޑޫ ސިޓީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ގެނެވޭ އައު ދެ ޖެނެރޭޓަރު ހިފައިގެން އައި އުޅަނދު މިހާރު މާލޭ ބަނދަރަށް ވަދެފައިވާ ކަމަށެވެ.
އެގޮތުން އައްޑޫއަށް ގެންދިޔުމަށް ފެނަކަ ކޯޕަރޭޝަނުން އަލަށް ގެނެސްފައިވަނީ 1.8 މެގަ ވޮޓުގެ އައު ދެ ޖެނެރޭޓަރެވެ.
މިއާއިއެކު މި ޖަނަރޭޓަރުތައް މާލަސްތަކެއް ނުވެ އައްޑޫއަށް ފޮނުވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު ފެނަކައިގެ އަމާޒަކީ މި ދެ ޖަނަރޭޓަރު ވީ އެންމެ އަވަހަކަށް އައްޑޫއަށް ގެންގޮސް އެސިތީގެ ކަރަުންޓުގެ ވިއުގައާއި މި ދެ ޖަނަރޭޓަރު ގުޅާލުމެވެ.
އައްޑޫއަށް ދިމާވަމުންދާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ވަނީ އައްޑޫގެ މެގަ ޕަވާހައުސްއެއް ތަރައްޤީކުރުމަށް ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނުން އައްޑޫގައި 32 މެގަވޯޓުގެ އިންޖީނުގެ ޤާއިމުކުރުމާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށް ހަވާލުކުރީ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއެވެ.
ގުޅުންހުރި

އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1.8 މެގަ ވޮޓުގެ އައު ދެ ޖެނެރޭޓަރު ގެނެސްފި
.jpeg&w=3840&q=75)
މިހާރުގެ މެނޭޖްމެންޓުން ކޮރަޕްޝަނެއް ނުހިންގާ، އޮޑިޓުން ފާހަގަވި ކަންކަމާއި ގުޅިގެން އިސްލާހި ފިޔަވަޅުތައް އަޅަން ފަށައިފި - ފެނަކަ
ފެނަކައަށް ހަދާލީ ވަރަށް ދެރަގޮތެއް، ހިޔާނާތުގެ ތަހުގީގު އަވަސްކުރަން އަންގައިފިން - ރައީސް
