
-
ލ މާމެންދޫގެ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީ ފަށާފައިވަނީ މިހާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމެންދޫއަށް މިއަދު ކުރެއްވި ޒިޔާރާތުގައި އެރަށުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.ރައީސް ޝަރަފްވެރިކޮށްދެއްވައި މި ރަސްމިއްޔާތުގައި މާމެންދޫގެ ލެބޯޓްރީގެ ޚިދުމަތް ފައްޓަވާދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި މާމެންދޫ ހިމެނޭ ފޮނަދޫ ދާއިރާގެ މެމްބަރު އަދި މަޖިލީސް ރައީސް އަބްދުއްރަހީމްގެ އިތުުރުން އެރަށު ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގަތެވެ.
މި ޚިދުމަތް ފައްޓަވާދެއްވުމަށްފަހު ރައީސް މުޢިއްޒު ވަނީ އެރަށުގެ ސިއްޙީ މަރުކަޒުގެ އިތުރުން ލެބޯޓްރީވެސް ބައްލަވާލައްވާފައެވެ.
ލެބޯޓްރީއެއް ނެތް ގިނަ ރަށްތަކުން ޓެސްޓް ހެދުމަށް އެހެން ރަށްރަށަށް ދާފަދައިން މާމެންދޫގެ ރައްޔިތުންވެސް ދާންޖެހެނީ އެ ޚިދުމަތް ލިބޭ އަތޮޅުގެ ކޮންމެވެސް ރަށަކަށެވެ. ރަށުގައި ތިބެގެން ލޭ އެޅޭނެ ޚިދުމަތާއި އާއްމު ބައެއް ޓެސްޓްތައް ރަށުގައި ތިބިގެން ހެދުމުގެ ފުރުޞަތު ލިބުމާއެކު ރަށުގެ ރައްޔިތުންގެ ޖީބަށް ލުއިވެ ހައްޓަށްވެސް ފަސޭހަވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ގުޅުންހުރި

ހުޅިމެންދޫ ހޮޓެލް ސްކޫލާއި ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް އެމްއޭސީއެލްއަށް!

މާމެންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު މަޝްރޫއު އެމްޓީސީސީއަށް!

މާމެންދޫ ސިއްހީ މަރުކަޒަށް ލެބޯޓަރީގެ ޙިދުމަތް!





