logoEN
Sto top
ގްރީން އިންނޮވޭޝަން ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރެއްވީ ސްޓޭޓް މިނިސްޓަރު މިމްރާހް!

ގްރީން އިންނޮވޭޝަން ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރެއްވީ ސްޓޭޓް މިނިސްޓަރު މިމްރާހް!

އަހުމަދު ޝުރާއު

logo

10/21/2025, 7:45:54 AM

# އެންވަޔަރަމަންޓް މިނިސްޓްރީ

-

ރާއްޖޭގެ އެންވަޔަރަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާޙް، 2025 ވަނަ އަހަރުގެ ބެލްޓް އެންޑް ރޯޑް ގްރީން އިންނޮވޭޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންފި އެވެ.

Wamco

ޗައިނާގެ ވެރިރަށް ބެއިޖިންގގައި ކުރިއަށްދިޔަ މި ކޮންފަރެންސްގައި، މިނިސްޓަރު މިމްރާޙް ވަނީ ފެހި ތަރައްޤީއާއި، ކާބަން ބޭރުކުރުން މަދުކުރުމާއި، ދެފަރާތުން ގުޅުންތައް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުގެ މައިގަނޑު މަޤްސަދަކީ، ދެމެހެއްޓެނިވި ތަރައްޤީއަށް ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، ގްރީން ޓެކްނޮލޮޖީއާއި، އީޖާދީ ހައްލުތައް ހޯދައި، ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމެވެ. މިނިސްޓަރު މިމްރާޙްގެ ވާހަކަފުޅުގައި ވަނީ، މިފަދަ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ކުދި ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ކޮންފަރެންސްގެ ބައިބައިކޮށް ބޭއްވުނު ބައްދަލުވުންތަކުގައި، މިނިސްޓަރު މިމްރާޙް ވަނީ ޗައިނާގެ އެންވަޔަރަންމަންޓް މިނިސްޓްރީގެ ނައިބު މިނިސްޓަރު ގުއޯ ފަންގް އަދި ބެލްޓް އެންޑް ރޯޑް ގްރީން އިންނޮވޭޝަން ކޮންފަރެންސްގެ ރައީސް ޒާއޯ ޔިންގްމިންއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި އިކޯޓޫރިޒަމް، ދެމެހެއްޓެނިވި ތަރައްޤީ، އަދި ދެ ޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ތަފްޞީލީ މަޝްވަރާތައް ކުރިއަށްގެންދެވުނެވެ.

މިފަދަ ބައްދަލުވުންތަކަކީ، ރާއްޖެއަށް ގްރީން ފަންޑިންގގެ ފުރުސަތުތައް ހޯދައި، ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ވަރަށް މުހިންމު ބައްދަލުވުންތަކެއް ކަމަށް މިނިސްޓަރު މިމްރާޙް ވަނީ ވިދާޅުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC