logoEN
Sto top
ނުވަ ކުޅުންތެރިންނާއެކު މެޗު ނިންމާލި ގެޓާފެ އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް

ނުވަ ކުޅުންތެރިންނާއެކު މެޗު ނިންމާލި ގެޓާފެ އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

10/19/2025, 9:00:00 PM

# ރެއާލް މެޑްރިޑް# ގެޓާފޭ# ބޭރު ދުނިޔޭގެ ކުޅިވަރު# ސްޕެނިޝް ލަ ލީގާ

ރެއާލް މެޑްރިޑާއި ގެޓާފޭ ވާދަކުރި މެޗުގެ ތެރެއިން .

ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި ގެޓާފޭ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ ކުރީގައި ދެޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

Wamco

ލީގުގައި ރެއާލް މެޑްރިޑު އެންމެ ފަހުން ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން ވިލަރެއާލް އަތުން މޮޅުވެފައިވާއިރު، ގެޓާފޭ އެންމެ ފަހުން ކުޅުނު މެޗުގައި އޮސަސޫނާ އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރި މިހާފުގައި އެޓީމުން ވަނީ ގެޓާފޭގެ ގޯލަށް ނުވަ ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ރޭވުންތެރިކަމާއެކު ވަރުގަދަ ޑިފެންސިވް ކުޅުމެއް ކުޅެމުންދިޔަ ގެޓާފޭގެ ގޯލުގެ ފޫއަޅުވާލުމުގައި އެޓީމަށް މިހާފުގައި ވަނީ ކާމިޔާބު ހޯދޭގޮތް ނުވެފައެވެ.

މެޗުގެ ދެވަނަ ހާފުގައި ބަދަލުތަކަކާއެކު ރެއާލް މެޑްރިޑުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރިގަދަކުރިއިރު، މިހާފުގައި ވެސް ވަރަށް ފިޒިކަލް ގޭމެއް ކުޅެމުންދިޔަ ގެޓާފޭއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ފަހުހާފުގެ 76 ވަނަ މިނެޓުގައި ކުޅެން ނިކުތް އެޓީމުގެ ޑިފެންޑަރު އެލަން ނިއޯމް ކުޅެން ނިކުތްތާ މިނެޓެއް ނުވަނީސް ރެއާލްގެ ބްރެޒިލް ފޯވާޑް ވިނީސިއަސްއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

ގެޓާފޭ އިން ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ރެއާލް މެޑްރިޑުން މެޗުގެ ލީޑުހޯދީ މެޗުގެ 80 ވަަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކުރީ އެޓީމު ހުނަރުވެރި ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. މިއީ މިސީޒަނުގައި އެމްބާޕޭ ވިދިވިދިގެން ލަނޑުޖެހި 11 ވަނަ މެޗެވެ. އަދި މިއީ ލީގުގައި ކުޅުނު ނުވަ މެޗުގައި އެމްބާޕޭ ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.

ރެއާލް މެޑްރިޑުންް ލީޑު ހޯދިތާ ހަތަރު މިނެޓްފަހުން ފަހުހާފުގެ 84 ވަނަ މިނެޓުގައި ގެޓާފޭގެ ފޯވާޑް އެލެކްސް ސަންކްރިސް ވިނީސިއަސްއަށް ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު އޭނާއަށް ވެސް ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަ ކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ނުވަ މެޗުން ރެއާލް މެޑްރިޑަށް 22 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ދެ ޕޮއިންޓްގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ގެޓަފޭއަށް ނުވަ މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 12 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC