logoEN
Sto top
ފަހުވަގުތު ބާސެލޯނާ މޮޅުކޮށްދިނީ އަރައުހޯ

ފަހުވަގުތު ބާސެލޯނާ މޮޅުކޮށްދިނީ އަރައުހޯ

ހަސަން ޝަމްއޫން

logo

10/18/2025, 5:37:56 PM

# ސްޕެނިޝް ލަ ލީގާ# ބޭރު ދުނިޔޭގެ ކުޅިވަރު# ބާސެލޯނާ# ޖިރޯނާ

އަރައުހޯ ޖިރޯނާ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ.

ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ 2-1 ގެ ނަތީޖާއަކުން ޖިރޯނާ ބަލިކޮށް ބާސެލޯނާ އިން ވަގުތީ ގޮތުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

މިނަތީޖާއެކު ލީގުގައި ކުޅުނު ނުވަ މެޗުން ބާސެލޯނާއަށް 22 ޕޮއިންޓް ލިބިފައިވާއިރު، އިތުރަށް އެއްމެޗު ކުޅެ އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މެޗުން ބަލިވި ޖިރޯނާ އިން ލީގުގައި ކުޅުނު ނުވަ މެޗުން ހޯދި ހަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 19 ވަނައިގައެވެ.

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ސެވިއްޔާ އަތުން 4-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި ޖިރޯނާ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ވެލެންސިއާ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބާސެލޯނާ އިންނެެވެ. މިލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޕެޑްރީ އެވެ. މިއީ އެޓީމު ހުނަރުވެރި ފޯވާޑް ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް އޭގެ ހަތް މިނެޓް ފަހުން ގިރޯނާގެ މިޑްފީލްޑަރު އެކްސެލް ވިޓްސެލް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މިލަނޑަށްފަހު ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ބާސެލޯނާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މިހާފުގައި ޖިރޯނާގެ ފަރާތުން ވަރަށް ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ އިތުރު ވަގުތުގެ ފުރަތަަމަ މިނެޓުގައި ދެއްކި ދެ ރީނދޫކާޑާއެކު ރަތް ކާޑެއް ދައްކައި ބާސެލޯނާގެ ކޯޗް ހެންސީ ފިލިކްސް ވަނީ ބެންޗުން ފޮނުވާލާފައެވެ.

ނަމަވެސް އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑިފެންޑަރު ރޮނަލްޑް އަރައުހޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC