logoEN
Sto top
ބަންޑުން ޖަހާލި  ލޭންޑިންގ ކްރާފްޓުގެ ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުގެ ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި

އަހުމަދު ޝުރާއު

logo

10/16/2025, 8:59:26 AM

# ދިވެހި ސިފައިން

-

ރޭ ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުގެ ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި އެވެ.

Wamco

ސިފައިން މިއަދު ބުނީ ކ.ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލުން ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި އަޑިއަށްގޮސް އުޅަނދުގެ ބައެއްތަކެތި އޮޔާދާތީވެ، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެގޮތުން މިތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ ތުޅާގިރީގެ އިރުމައްޗަށް ވާގޮތަށް ކަމަށާއި މި ސަރަހައްދުން ދަތުރު ކުރައްވާ ހުރިހާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ތުޅާގިރި ކައިރިން ބަންޑުން ޖަހާލާ އަޑިއަށް ގޮސްފައިވަނީ "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ ލޭންޑިންގ ކްރާފްޓެކެވެ. މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ ރޭ މެންދަމު 03:08 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާއިއެކު، މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން އިން ޑައިވަރުންނާ އެކު އެސަރަހައްދަށް ގޮސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މިގޮތުން ކުރެވުނު މަސައްކަތުން ލޭންޑިންގ ކްރާފްޓުން ދަތުރުކުރި ހަތް މީހުންގެ ތެރެއިން 4 މީހުން ރޭ ވަނީ ސަލާމަތް ކުރެވިފައެވެ. އަދި، ގެއްލިފައިވާ ތިން މީހުންގެތެރެއިން އެކަކުގެ ހަށިގަނޑު ކަނޑުގެ އަޑިން، މިއަދު ހެނދުނު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ނަގާފައެވެ. އަދި އަޑިއަށް ގޮސްފައިވާ ލޭންޑިންގ ކްރާފްޓްގައިތިބި އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ވަޔާއި، ކަނޑުގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ލޭންޑިންގ ކްރާފްޓް، މާލެއިން ފުރައިގެން ކ.އެރިޔަދޫ ރިސޯޓަށް މުދާ ހިފައިގެން ދަތުރުކުރަމުން ދަނިކޮށް، ކ.ތުޅާގިރި ކައިރިއަށް ރޭ ބަންޑުން ޖަހާލުމާ ގުޅިގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC