
ނައިފަރަށް ދަތުރުކުރަމުންދިޔަ ނަސްރު ބޯޓު ދިޔަވަނީ: 5 ފަޅުވެރިން ކޯސްޓްގާޑް ހާބަރ ކްރާފްޓަށް ނަގައިފި
# ދިވެހި ސިފައިން-
ޅ.ނައިފަރަށް ދަތުރުކުރަމުންދިޔަ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ދިޔަވާން ފެށުމާއިއެކު އެބޯޓަށް ސިފައިން އެހީތެރިކަން ފޯރުކޯށްދޭން ފަށައިފި އެވެ.

އެމްއެންޑީއެފުން ދާދި ދެންމެ އަކު ބުނީ މާލެއިން ޅ.ނައިފަރަށް ދަތުރުކުރަމުންދިޔަ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެގޮތުން ބޯޓުން ދަތުރުކުރަމުންދިޔަ ފަސް ފަޅުވެރިން ވަނީ ކޯސްޓްގާޑް ހާބަރ ކްރާފްޓަށް ނަގާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ރާއްޖެއަށް މި ދުވަސްވަރު ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކަނޑުތައް ވަނީ ވަރަށް ގަދަވެފައި އެވެ. އެގޮތުން މޫސުން ގޯސްވުމުގެ ސަބަބުން ރޭ ދަންވަރު މާލެ ސަރަހައްދަށް ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު މަރުވެ ދެމީހަކު ވަނީ ގެއްލިފައި އެވެ.
މޫސުން ގޯސް ދުވަސްވަރަކަށްވާތީ ސިފައިން އަންނަނީ ކަނޑުދަތުރުފަތުރު ކުރުމުގެ ސަމާޅުވުމަށް އިލްތިމާސްކުރަމުންނެވެ.
ގުޅުންހުރި

ރާއްޖެއާއި އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިޔަށްގެންްދާ "އެކްސަސައިޒް އެކުވެރިން" ޓްރިވެންޑްރަމްގައި ފަށައިފި

ލަންކާގައި ކުރިއަށްގެންދިޔަ ފްލީޓް ރިވިއުގެ ހަރަކާތުގަ ކޯސްޓްގާޑު ޝިޕް ހުރަވީ ބައިވެރިވެއްޖެ

ސިލޯނާއިއެކު ދިވެހީން: ދިވެހި ސިފައިންގެ ފަރާތުން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި





