logoEN
Sto top
ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ސިފައިންގެ އިލްތިމާސް!

ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ސިފައިންގެ އިލްތިމާސް!

އަހުމަދު ޝުރާއު

logo

10/16/2025, 9:34:10 AM

# ދިވެހި ސިފައިން

-

ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ސިފައިން އިލްތިމާސްކޮށްފި އެވެ.

Wamco

އެމްއެންޑީއެފުން މިއަދު ބުނީ މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ، ވައިބާރު، ވިއްސާރަ ދުވަސްވަރެއްކަމުން، މޫސުމާ ބެހޭ ޤައުމީ އިދާރާއިން މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރާކަމަށެވެ.

އެގޮތުން ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

މިގޮތުން ދަތުރުކުރައްވާ ނަމަ އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމުގެ އިތުރުން މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

ސިފައިން ވަނީ ރޭގަނޑު ދަތުރުނުކުރެއްވުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލެއްވުމަށް އަދި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށްވެސް އިލްތިމާސްކޮށްފައި އެވެ.

ރާއްޖެއަށް މި ދުވަސްވަރު ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކަނޑުތައް ވަނީ ވަރަށް ގަދަވެފައި އެވެ. އެގޮތުން މޫސުން ގޯސްވުމުގެ ސަބަބުން ރޭ ދަންވަރު މާލެ ސަރަހައްދަށް ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު މަރުވެ ދެމީހަކު ވަނީ ގެއްލިފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC