
-
ޅ ނައިފަރަށް ދަތުރުކުރަމުންދަނިކޮށް މިއަދު ދިޔަވެ އަޑިޔަށްދިޔަ ނަސްރު ބޯޓުގެ ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން ސިފައިން އެދެފި އެވެ.

ސިފައިން މިއަދު ބުނީ ޅ.އަލިގާގެ ދެކުނުން 3.3 ނޯޓިކަލް މޭލުން ބޯޓު ދިޔަވެ އަޑިއަށްގޮސް އުޅަނދުގެ ބައެއްތަކެތި އޮޔާދާތީވެ، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި މިތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ އަލިގާގެ އިރުމައްޗަށް ވާގޮތަށް ކަމަށްވެސް ސިފައިން ވަނީ ބުނެފައި އެވެ.
ފުލުހުން ބުނީ ނަސްރު ބޯޓު އަޑިޔަށް ދިޔައީ މިއަދު 13:22 އެހާކަން ހާއިރު ކަމަށާއި ބޯޓު އަޑިއަށް ގޮސްފައިވަނީ ކ. ކާށިދޫ އާއި ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަކަށް ކަމަށެވެ.
އެގޮތުން ބޯޓުގައި ތިބި މީހުން ކޯސްޓް ގާޑުން ވަނީ ޅ. ނައިފަރަށް ގެންގޮސްދީފައެވެ. ބޯޓުން ދަތުރުކޮށްފައިވަނީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ.
ގުޅުންހުރި

އަޑިޔަށް ދިޔަ ނަސްރު ބޯޓުގެ ބައެއް ތަކެތި އޮޔާދާތީވެ ސަމާލުވާން އެދެފި

ކޮޅުވެއްޓި ބަންޑުންޖަހާލުން: ދެވަނަ މީހެއްގެ ހަށިގަނޑުވެސް ކަނޑުގެ އަޑިން ނަގައިފި
.webp&w=3840&q=75)
ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ސިފައިންގެ އިލްތިމާސް!
