
ރޭ ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުން ގެއްލިގެން ހޯދަމުންދާ މީހުންގެ ތެރެއިން ދެވަނަ މީހެއްގެ ހަށިގަނޑު މިހާރު ފެނިފައިވާކަން ސިފައިން ހާމަކޮށްފި އެވެ.

7 މީހުންނާއިއެކު ދަތުރުކުރަމުންދަނިކޮށް ކ.ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލުން "އަލްމާކް-ފިޔަ" ނަމަކަށް ކިޔާލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހަކު ގެއްލުނެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. ގެއްލުނު މީހުންގެ ތެރެއިން ދިވެހި ފަޅުވެރިޔާގެ ހަށިގަނޑު ކަނޑުގެ އަޑިން، މިއަދު ހެނދުނު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ނަގާފައި އެވެ.
އެގޮތުން މިއަދު ހެނދުނު މަރުވެފައި އޮތްވާ ކަނޑުގެ އަޑިން ފެނުނީ ގއ. ދާންދޫ ސަރުސޫނުގެ އަހްމަދު ޝިފާން 38އ. އެވެ. އޭނާގެ ޖަނާޒާ މިރޭ ބޭއްވުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
އެމްއެންޑީއެފުން ދާދި ދެންމެ އަކު ބުނީ ންޑުން ޖަހާލި "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑުގެ އަޑިން ނަގާފައިވާ ކަމަށެވެ. ނަމަވެސް އެމީހާގެ ވަނަވަރު އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.
މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ ރޭ މެންދަމު 03:08 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާއިއެކު، މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން އިން ޑައިވަރުންނާ އެކު އެސަރަހައްދަށް ގޮސް ދަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން މައުލޫމާތުދޭގޮތުގައި ލޭންޑިންގ ކްރާފްޓް ބަންޑުންޖަހާލީ މާލެއިން ފުރައިގެން ކ.އެރިޔަދޫ ރިސޯޓަށް މުދާ ހިފައިގެން ދަތުރުކުރަމުން ދަނިކޮށް، ކ.ތުޅާގިރި ކައިރިއަށެވެ.
ގުޅުންހުރި

އަޑިޔަށް ދިޔަ ނަސްރު ބޯޓުގެ ބައެއް ތަކެތި އޮޔާދާތީވެ ސަމާލުވާން އެދެފި

ކޮޅުވެއްޓި ބަންޑުންޖަހާލުން: ދެވަނަ މީހެއްގެ ހަށިގަނޑުވެސް ކަނޑުގެ އަޑިން ނަގައިފި
.webp&w=3840&q=75)
ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ސިފައިންގެ އިލްތިމާސް!
