logoEN
Sto top
މެދު ރާއްޖެތެރެއަށް ރީނދޫ ސަމާލު ނެރެފި

މެދު ރާއްޖެތެރެއަށް ރީނދޫ ސަމާލު ނެރެފި

އަހުމަދު ޝުރާއު

logo

10/15/2025, 7:32:12 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފި އެވެ.

Wamco

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް މިރޭގެ 00:30 އިން ފަތިހު 04:30 ގެ ނިޔަލަށެވެ.

އެގޮތުން ރީނދޫ ސަމާލުގެ މުއްދަތުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާދީއްތަ ދުވަހު ނެރުނު އެޑްވައިޒަރީއެއްގައި ބުނެފައިވަނީ ހޯމަދުވަހުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް އެއިދާރާއިން ބުނެއެވެވެ.

ވައިގަދަވެ ކަނޑުތައްގަދަވާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC