logoEN
Sto top
މޫސުން ވަރަށް ގޯސް، ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި!

މޫސުން ވަރަށް ގޯސް، ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި!

އަހުމަދު ޝުރާއު

logo

10/14/2025, 6:27:42 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި އެވެ.

Wamco

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިރޭގެ މެންދަމު 03:15 އާއި ހަމައަށެވެ.

އެގޮތުން ރީނދޫ ސަމާލުގެ މުއްދަތުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާދީއްތަ ދުވަހު ނެރުނު އެޑްވައިޒަރީއެއްގައި ބުނެފައިވަނީ ހޯމަދުވަހުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް އެއިދާރާއިން ބުނެއެވެވެ.

ވައިގަދަވެ ކަނޑުތައްގަދަވާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC