logoEN
Sto top
ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އައިކޯސްޓް ވެލިޑޭޝަން ވަރކްޝޮޕް ފެށިގެން ކުރިޔަށް

ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އައިކޯސްޓް ވެލިޑޭޝަން ވަރކްޝޮޕް ފެށިގެން ކުރިޔަށް

އަހުމަދު ޝުރާއު

logo

10/16/2025, 2:07:53 AM

# އެންވަޔަރަމަންޓް މިނިސްޓްރީ

-

ދިވެހިރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ދެމެހެއްޓެނިވި ގޮތަކަށް ކުރިއެރުވުމަށްޓަކައި، ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޔުނިޑޯ) ގުޅިގެން، އަދި ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ މާލީ އެހީތެރިކަމާއެކު، "އިންޓެގްރޭޓެޑް ކޮލަބޮރޭޓިވް އެޕްރޯޗަސް ފޯ ސަސްޓެއިނަބަލް ޓޫރިޒަމް (އައިކޯސްޓް) ޕްރޮޖެކްޓްގެ ވެލިޑޭޝަން ވަރކްޝޮޕް" ފަށައިފިއެވެ.

Wamco

މި ވަރކްޝޮޕްގައި އިއްޔެ ރަސްމީކޮށް ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނަޝާތު ރަޝީދެވެ.

ސްޓޭޓް މިނިސްޓަރ މުޙައްމަދު ނަޝާތު ރަޝީދު މި ވޯކްޝޮޕް ފެށުމުގެ ގޮތުން ދެއްވި ޚިޠާބުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅުގައިވާ ދެމެހެއްޓެނިވި އަދި ކާރިސާތަކަށް ކެތްތެރި ދިވެހިރާއްޖެއެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ތިމާވެއްޓަށް ރައްކާތެރިވެ، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ކުރިއަރާ ރާއްޖެއެއް ބިނާކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒުކަން ސްޓޭޓް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ސްޓޭޓް މިނިސްޓަރ ނަޝާތު ރަޝީދު ވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އުސޫލުތައް ހަރުދަނާކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ހުރިހާ ދާއިރާތަކެއްގެ މެދުގައި އެއްބާރުލުން ބަދަހިކުރުމާއި، އަބަދުވެސް އައު ގޮތްތައް ހޯދުމުގެ މުހިންމުކަމަށް އަލިއަޚުއްވާލައްވާފައެވެ. އޭނާ ވިދާޅުވީ، ޒިންމާދާރު ފަތުރުވެރިކަމުގެ އާދަތައް ދިރުވައި އާލާކުރުމަކީ ދިވެހިރާއްޖޭގެ ހިތްފަސޭހަ ރީތިކަން އަންނަން އޮތް ޖީލުތަކަށްޓަކައި ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

މި ވަރކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ އައިކޯސްޓް ޕްރޮޖެކްޓްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ބޭނުންވާ މައިގަނޑު ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމަށް ބައިވެރިންގެ ހިޔާލު ހޯދުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC