logoEN
Sto top
ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި

ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި

އަހުމަދު ޝުރާއު

logo

10/10/2025, 9:00:40 AM

# އެންވަޔަރަމަންޓް މިނިސްޓްރީ

-

ޤައުމީ ފަތުރުވެރިކަމުގެ ދުވަސް 2025 ފާހަގަކުރުމުގެ ގޮތުން، ފަތުރުވެރިކަމާ ބެހޭ ހޭލުންތެރިކުރުމުގެ ސެޝަނެއް މިއަދު ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބާއްވައިފިއެވެ.

Wamco

މި ސެޝަން ކުރިއަށް ގެންދިޔައީ ޕަލްސް ރިޒޯޓްސް އެންޑް ހޮޓެލްސްގެ ހިއުމަން ރިސޯސަސްގެ ގްރޫޕް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އާލިމް އާއި ކަޑިންމާ މޯލްޑިވްސްގެ ޓީމުންނެވެ.

އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ މި ސެޝަންގެ މައިގަނޑު މަޤްސަދަކީ، ދަރިވަރުންނަށް ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާއިން ލިބިދާނެ ފަޚުރުވެރި ވަޒީފާގެ ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ދީ، މި ދާއިރާއަށް ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކޮށް، ކުރިމަގުގައި އެ ދާއިރާއިން ކުރިއެރުން ހޯދުމަށް ހިތްވަރު ދިނުން ކަމަށެވެ.

ސެޝަންގައި ދަރިވަރުންނަށް ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ވަޒީފާތަކާއި އެކަމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ މައުލޫމާތު ދިނުމުގެ އިތުރުން، މި ދާއިރާގެ ކުރިމަގުގެ ރަނގަޅު ފުރުސަތުތަކަށް އަލިއަޅުވާލެވުނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC