logoEN
Sto top
އީ-ވޭސްޓް ހެކަތޯން 2025 ކާމިޔާބީއާއެކު ނިންމާލައިފި

އީ-ވޭސްޓް ހެކަތޯން 2025 ކާމިޔާބީއާއެކު ނިންމާލައިފި

އަހުމަދު ޝުރާއު

logo

10/9/2025, 9:42:51 AM

# އެންވަޔަރަމަންޓް މިނިސްޓްރީ

-

ދިވެހިރާއްޖޭގެ އެންމެ ބޮޑު ތިމާވެށީގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ އިލެކްޓްރޯނިކް ކުނި (އީ-ވޭސްޓް) މެނޭޖްކުރުމަށް އަމާޒުކޮށްގެން، ކުރިއަށްގެންދިޔަ "އީ-ވޭސްޓް ހެކަތޯން 2025" ކާމިޔާބީއާއެކު ނިންމާލައިފިއެވެ.

Wamco

މިއީ ގައުމީ ޔުނިވާސިޓީން އިންތިޒާމްކޮށް، ދިރާގު، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ވެމްކޯ، އައި.އީ.އީ.އީ މޯލްޑިވްސް ސަބްސެކްޝަން އަދި އައިސްޓް 2025 ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މިއީ ޒުވާނުން އިސްވެ ތިބެގެން ތިމާވެށީގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބާއްވާފައިވާ ހަރަކާތެކެވެ.

ސެޕްޓެމްބަރު 28 އިން އޮކްޓޯބަރު 7، 2025 އަށް، ޖުމްލަ ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ހެކަތޯނުން ވަނީ ތިމާވެށީގެ ދާއިރާއަށް ޝައުގުވެރިކަން ހުރި ދަރިވަރުންނާއި، އީޖާދީ ޚިޔާލު ހުރި ފަރާތްތަކާއި އަދި ތިމާވެށީގެ ދާއިރާގެ އެހެނިހެން ފަރާތްތައް އެއްތަނަކަށް ގެނެސްފައެވެ.

މި ހެކަތޯންގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގައި އީ-ވޭސްޓް މެނޭޖްކުރުމާއި، އެ ކުނީގެ މިންވަރު މަދުކުރުމަށް ބޭނުންކުރެވޭނެ އަމަލީ، ކުރިއަށްވައިގެންދާނެ އަދި އީޖާދީ ހައްލުތައް ހޯދުމެވެ.

މި ހެކަތޯން ކުރިއަށްގެންގޮސްފައިވަނީ "ސަރކިއުލާ އިކޮނޮމީއަކަށް އީޖާދުކުރުން: އީ-ވޭސްޓްގެ ކާރިސާއަށް ހައްލު ހޯދުން" މި ތީމުގެ ދަށުންނެވެ.

މި ހެކަތޯނުގެ ބައިވެރިން ވަނީ ދިހަ ދުވަހުގެ މުއްދަތުގައި އީ-ވޭސްޓް އެއްކުރުމާއި، އަލުން ބޭނުންކުރުމާއި (އަޕްސައިކްލިންގ)، ރީސައިކަލް ކުރުން އިތުރަށް ފުރިހަމަ ކުރުމާއި، އަދި ދެމެހެއްޓެނިވި ގޮތެއްގައި އީ-ވޭސްޓް ނައްތާލުމާ ބެހޭ ގޮތުން އީޖާދީ ޚިޔާލުތައް ހުށަހަޅާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC